ހޯމަ 16 ސެޕްޓެންބަރ 2019
10 އުތުރަ
1441 މަހައްރަމް 17
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:05
އަސްރު 15:05
މަޣްރިބް 18:07
އިޝާ 19:18
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް

  • ހާރުދަމަށް ސަޅި ކެއުމެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 19 މެއި 2019 | އާދީއްތަ 12:45 5,215

ސްޕައިސީ ބާބަކިއު ޗިކެން މެކް އެންޑް ޗީޒް - ރާއްޖެއެމްވީ

ސްޕައިސީ ބާބަކިއު ޗިކަން މެކް އެންޑް ޗީޒް އަކީ ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ، ފަސޭހަ ޑިޝްއެއް.

ތައްޔާރުކޮށްލަން ބޭނުންވާ ތަކެތި:

1 ކުޑަ ފިޔާ

1 ލޮނުމެދު

1 ސޮސެޖް

100 ގުރާމް ކުކުޅު

2 ޖޯޑު ޕާސްތާ (ފެނު ކައްކާފައި)

1 ސަމްސާ ފުށް

ލޮނު

އަސޭމިރުސް

1 ޖޯޑު ޕާމެޝަން ޗީޒް

1 ޖޯޑު ޗެޑާ ޗީޒް

1 ޖޯޑު މޮޒަރެއްލާ ޗީޒް

1 ސަމްސާ ބަޓަރު

2 ޖޯޑު ކުކިންގ ކްރީމް

1 ސައިސަމްސާ ސްމޯކްޑް ޕެޕްްރިކާ

ޓޮމާޓޯ ސޯސް

1 ސައިސަމްސާ ވޯސްޓެޝައ ސޯސް

1 ½ ސައިސަމްސާ ބްރައުން ޝުގަރް

1 ސައިސަމްސާ މުގުރި މިރުސް

1 ސައިސަމްސާ ވިނެގަރ

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ލޮނުމެދު އަދި ފިޔާ ހިމުންކޮށް ކޮށާލާނީއެވެ. އެއަށްފަހު ކުކުޅު އަދި ސޮސެޖްކޮޅު ކުދިކޮށް ކޮށާލައި، އެއްކައިރި ކޮށްލާނީއެވެ.

ބާބަކިއު ސޯސް ތައްޔާރު ކޮށްލުމަށް ހޫނު ތަވަޔަކަށް ޒައިތޫނި ތެޔޮކޮޅެއް އަޅާލާފައި މަޑު ގިނީގައި ފިޔާ އަދި ލޮނުމެދު މީރުކޮށްލާށެވެ. ދެން ބްރައިން ޝުގަރ އަދި މުގުރި މިރުސް އެއްކޮށްލާފައި ހާވާލާށެވެ. އެންމެ ފަހު އެއްޗަކަށް ވޯސްޓެޝަރ ސޯސް އަޅާލާށެވެ. އެއަށްފަހު ލޮނު، ވިނެގަރ، ޓޯމާޓޯ ސޯސް، އަދި ސައިސަމްސަލެއްގެ ޕެޕްރިކާ އަޅާފައި މަޑު ގިނީގައި 5 ވަރަކަށް މިނެޓު ކައްކާލާށެވެ.

މި ސޯސް ތައްޔާރު ވުމުން އެހެން ތަވައެއް އުދާފައި، ކުކުޅު އަދި ސޮސެޖްކޮޅު ރޯފިލުވާލާށެވެ. ރޯފިލުމުން އެއް ސަމްސާ މުގުރި މިރުސް، އެއް ސައިސަމްސާ އަސޭމިރުސް އަދި އެއް ސައިސަމްސާ ޕެޕްރިކާ އަޅާފައި އެއްކޮށްލާށެވެ.

ކުކުޅުކޮޅު ކުޑަކޮށް އަންދާލުމުން ބާބަކިއު ރަހަ އިތުރު ވާނެއެވެ.

ދެން އެހެން ތެއްޔެއްގައި ޗީޒް ސޯސް ތައްޔާރު ކޮށްލަން ބޭނުންވާ ބަޓަރު އަދި ފުށް އެއްކޮށްލާފައި މަޑު ގިނީގައި ކައްކާލާށެވެ. ފުށާއި ބަޓަރު އެއްވުމުން ކުކިންގ ކްރީމް، 1 ސައިސަމްސާ އަސޭމިރުސް، ބައި ސައިސަމްސާ ލޮނު އަދި ހުރިހާ ޗީޒްކޮޅެއް އަޅާލާފައި، ކެއްކި ޕާސްތާކޮޅު އަޅާލާށެވެ.

ޕާސްތާ ގެ މައްޗަށް ކުކުޅު ކޮޅު އަޅާލުމުން ނިމުނީއެވެ.

މި ރެސިޕީއިން ތައްޔާރު ކޮށްލެވޭނީ އެއް ޕޯޝަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް