ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 18:10
މުގާބޭ ހުންނެވީ އަމިއްލަ ފޮޓޯ ޖައްސަވާފައި ހުރި ގިނަ ކުލަތަކެއް އެކުލެވޭ ސޫޓެއް ތުރުކުރައްވައިގެން
މުގާބޭ ހުންނެވީ އަމިއްލަ ފޮޓޯ ޖައްސަވާފައި ހުރި ގިނަ ކުލަތަކެއް އެކުލެވޭ ސޫޓެއް ތުރުކުރައްވައިގެން
ގޫގުލް
މުގާބޭގެ އުފަންދުވަސް
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
 
އިންތިޒާމް ކުރި ފަރާތްތަކުން ބުނާ ގޮތުގައި އުފަންދުވެހުގެ ކޭކަކީ 93 ކިލޯގެ ކޭކެއް

ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭގެ 93 ވަނަ އުފަންދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރައްވައިފިއެވެ.

ސަރުކާރަށް ތާއީދުކުރާ އެތައްހާސް ބަޔަކު މުގާބޭގެ ޒުވާން ދުވަސްވަރުގެ ފޮޓޯޖެހި ހެދުން އަޅައިގެންތިބި މި ބައްދަލުވުމުގައިވަނީ ވެރިކަން ކުރާ ޒަނޫ ޕީއެފް ޕާޓީގެ ވަރުގަދަކަން ދައްކާލާފައެވެ.

އަމިއްލަ ފޮޓޯ ޖައްސަވާފައި ހުރި ގިނަ ކުލަތަކެއް އެކުލެވޭ ސޫޓެއް ތުރުކުރައްވައިގެން ކަޅު އައިނެއް އަޅުއްވައިގެން ހުންނެވި މުގާބޭ ވަނީ ވެރިކަމުން ދުރަށް ޖެހިވަޑައިގެންނެވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ވިދާޅުވެފައެވެ.

"އަމިއްލަ ޖަމާއަތެއް ހަދާނެ ވަގުތު ނެތް މީހުން ބުނޭ މުގާބޭ ޖެހޭނީ ފައިބައިގެން ދާށޭ. އަޅުގަނޑު އަމިއްލަ ނަފްސަށް މި ސުވާލުކުރަނީ އަޅުގަނޑު ދާންޖެހެނީ ކޮންތާކަށްތޯއޭ؟" އެގައުމުގެ ރޭޑިއޯ އާއި ޓީވީން ވަގުތުން ގެނެސްދިން ތަގުރީރުގައި މުގާބޭ ވިދާޅުވިއެވެ.

ގަޑިއެއްހާއިރަށް ދެމިގެން ގޮސްފައިވާ މި ތަގުރީރުގައި 37 އަހަރު ވެރިކަން ކުރައްވާފައިވާ މުގާބޭ ވިދާޅުވީ މުގާބޭއަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅަކު އޭނާ ކަނޑަނާޅުއްވާނެ ކަމަށެވެ. މުގާބޭ ވިދާޅުވީ ޒަނޫ ޕީއެފް ޕާޓީއަށް މުގާބޭ ރިޓަޔަރ ކުރައްވަން ޖެހޭކަމަށް ފެނިއްޖެ ނަމަ ޖެހިވަޑައިގަންނަވާނީ އާ ލީޑަރަކު ހޮވުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކަމަށެވެ.

މިފަހަރުގެ އުފަންދުވަހަށް ޚަރަދު ކުރިވަރެއްވި އެނގިފައި ނުވި ނަމަވެސް އިންތިޒާމް ކުރި ފަރާތްތަކުން ބުނާ ގޮތުގައި އުފަންދުވެހުގެ ކޭކަކީ 93 ކިލޯގެ ކޭކެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް