ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 23:38
ވަޅޯމަސް ފްރައިޑް ރައިސް
ވަޅޯމަސް ފްރައިޑް ރައިސް
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ވަޅޯމަސް ފްރައިޑް ރައިސް
 
ހާރުދަމަށް ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ޑިޝް އެއް

ބޭނުންވާ ތަކެތި:

100 ގްރާމް ވަޅޯމަސް

1 ގިތެޔޮ މިރުސް

1 ރޯމިރުސް

2 ހިކިމިރުސް

20 ގުރާމް ކެރެޓް

20 ގުރާމް ކެބެޖު

30 ގުރާމް ލީކްސް ފަތް

1 ޖޯޑު ހަނޑޫ (ކައްކާފައި)

1 ކުޑަ ފިޔާ

1 ލޮނުމެދު

1 އިންޗި އިނގުރު

2 ސައިސަމްސާ ރިހާކުރު

1 ސަމްސާ ސޯޔާ ސޯސް

1 ސައިސަމްސާ ސެސަމޭ ތެޔޮ

1 ބިސް

ބައި ސައިސަމްސާ ރީނދޫ

1 ސައިސަމްސާ މުގުރި މިރުސް

1 ސަމްސާ ޓޮމާޓޯ ޕޭސްޓް

ލޮނާއި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް:

ފިޔާ ފިޔަވާ ހުރިހާ ތަރުކާރީކޮޅެއް ހިމުންކޮށް ކޮށާލާށެވެ.

ފިޔާ ކޮށާނީ ދިގަށް، ތުނިކޮށެވެ.

ދެން ވަޅޯމަސްކޮޅު ބޭނުންވާ ބޯމިނަކަށް ކޮށާލާށެވެ.

މަޑު ގިނީގައި ތެއްޔެއްގެ ތެރެޔަށް ޒައިތޫނި ތެޔޮކޮޅެއް އަޅާލައި އުނދާށެވެ.

އެ އަށް ފަހު ތަރުކާރީކޮޅު އަޅާލާފައި މީރު ކޮށްލާށެވެ. މީރުވުމުން އަޅާނީ ރީނދޫ، މުގުރި މިރުސް، ލޮނު އަދި އަސޭމިރުހެވެ.

ކުޑައިރުކޮޅަކު ތެލުލާފައި ބިސް، ޓޮމާޓޯ ޕޭސްޓް، ސެސަމޭ ތެޔޮ އަދި ސޯޔާ ސޯސްކޮޅާއި ރިހާކުރު އަދި ވަޅޯމަސް އަޅާލައި، ރަނގަޅަށް އެއްކޮށްލާށެވެ.

އެންމެ ފަހުން ބަތް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
36%
0%
0%
27%
9%
27%
ކޮމެންޓް
17 މެއި 2019 | ހުކުރު 06:19
ކައްދައްތާ
ހާރުދަމު ތި ކައިގެން މެއިންނަގާ ދިލައިން ރޯދައަށް ނޭދެވޭ އަސަރެއްނު ކުރާނީ.މަވާ ގައިކޮޅު ގައިގާ ދުރު