ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 09:25
ޗިކަން ފްރައިޑް ރައިސް
ޗިކަން ފްރައިޑް ރައިސް
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ޗިކަން ފްރައިޑް ރައިސް ރެސިޕީ
 
ދިވެހިންގެ ތެރޭގައި މަގުބޫލު ޗިކަން ފްރައިޑް ރައިސްގެ މި ރެސިޕީ އަކީ ތައްޔާރު ކޮށްލަން ފަސޭލަ، މީރު ރެސިޕީއެކެވެ

ޗިކަން ފްރައިޑް ރައިސް ރެސިޕީ

 

ބޭނުންވާ ތަކެތި:

  • 100 ގުރާމް ކުކުޅު (ކަށިނެތް)
  • 30 ގުރާމް ކެރެޓް
  • 30 ގުރާމް ކެބެޖް ފަތް
  • 30 ގުރާމް ލީީކްސް
  • ގިތެޔޮމިރުހުގެ އެއްފަޅި
  • 1 ރޯމިރުސް
  • 1 ސަމްސާ ސޯޔާ ސޯސް
  • 1 ސައިސަމްސާ ސެސަމޭ ތެޔޮ
  • 1 ކުޑަ ފިޔާ
  • 1 ލޮނުމެދު
  • އިންޗިއެއްގެ އިނގުރުކޮޅެއް
  • ބައި ސައިސަމްސާ މުގުރި މިރުސް
  • ބައި ސައިސަމްސާ މުގުރި ކޮރިއެންޑާ
  • ލޮނު އަދި އަސޭމިރުސް (ރަހަ ލާވަރަށް)
  • 1 ޖޯޑުގެ ހަނޑޫ (ކައްކާފައި)
  • 1 ބިސް

 

ތައްޔާރު ކޮށްލާނެ ގޮތް:

ކެރެޓާއި ކުކުޅު ދިގުކޮށް ކޮށާލާފައި، ބާކީ ހުރި ތަރުކާރީކޮޅު ހިމުންކޮށް ކޮށާލާށެވެ.

އުނދުން މައްޗަށް ތެއްޔެއް އުނދާފައި ތެލި ހޫނުވަންދެން ބަހައްޓާށެވެ.

ތެލި ހޫނު ވުމުން 2 ސަމްސާ ތެޔޮ އަޅާފައި ކުކުޅު، ކޮރިއެންޑާ، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ބާކީހުރި ތަރުކާރީ ތެއްޔަށްއެޅުމަށްފަހު ރޯ ފިލުވާލާށެވެ. 

ތަރުކާރީކޮޅު ރޯފިލުމުން މުގުރި މިރުސް، ލޮނު އަދި އަސޭމިރުސް އިތުރަށް އަޅައި ހާވާލާށެވެ. ދެން އެއްކޮށްލާނީ 1 ބިހެވެ. 

ބިސް އެއްވުމުން ސޯސްކޮޅު، ޕޭސްޓް އަދި ބަތްކޮޅު އެއްކޮށްލާފައި ރަނގަޅަށް ހާވާލާށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
33%
33%
0%
33%
0%
0%
ކޮމެންޓް
28 އޭޕްރިލް 2020 | އަންގާރަ 14:39
ސަމުސާ
މީ ސައި ސަމުސާ ނޫނީ މޭޒުމަތީ ސަމުސާ ތޯ
16 މެއި 2019 | ބުރާސްފަތި 04:56
ޒިނާ
ކޮން އިރަކަށް ފިޔާ އަޅަންވީ ދެން