ހޯމަ 16 ސެޕްޓެންބަރ 2019
10 އުތުރަ
1441 މަހައްރަމް 17
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:05
އަސްރު 15:05
މަޣްރިބް 18:07
އިޝާ 19:18
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ބީފް ސްލައިޑަރ ރެސިޕީ

 • މި ސްލައިޑަރަކީ ވަރަށް މަދު ތަކެތިން، މީރުކޮށް ތައްޔާރު ކޮށްލެވޭނެ ފަށެހަ ޑިޝްއެކެވެ

ޒުނާނާ ޒާލިފް
zunana

ކ. މާލެ 16 މެއި 2019 | ބުރާސްފަތި 09:23 2,416

ބީފް ސްލައިޑަރ - ރާއްޖެއެމްވީ

މި ބާގަރ އަކީ ރޯދަ ވީއްލުމަށް ސުފުރާމައްޗަށް ތައްޔާރު ކޮށްލެވޭނެ ފަސޭހަ، ރަހަމީރު ޑިޝްއެކެވެ. އެހެން ބާގަރ އާއި ހިލާފަށް، މި ބާގަރ ތައްޔާރު ކޮށްލަން އެހާގިނަ ވަގުތެއް ނުވާނެއެވެ.

 

ބީފް ސްލައިޑަރ ރެސިޕީ

 

ބޭނުންވާ ތަކެތި:

 • 1 ދަޅު ކޯންޑް ބީފް
 • 1 ކުޑަ ފިޔާ
 • 1 ލޮނުމެދު
 • ހަތަރު ފަޅި ކޮށްފައި އެއްފަޅި ބެލް ޕެޕަރ (ރަތް)
 • ބައި އިންޗި އިނގުރު
 • 2 ސައިސަމްސާ ވޯޗެސްޓަރ ސޯސް
 • 1 ސައިސަމްމާ މުގުރި ޕެޕްރިކާ
 • ބައި ސައިސަމްމާ މުގުރި ދިރި
 • ބައި ސައިސަމްމާ މުގުރި މިރުސް
 • 1 ސައިސަމްމާ ޓޮމާޓޯ ޕޭސްޓް
 • 1 ސައިސަމްމާ އްރިގާނޯ
 • ލޮނު އަދި އަސޭމިރުސް (ރަހަލާ ވަރަށް)
 • ލެޓިއުސް ފަތް
 • ޗެޑާ ޗީޒް
 • ބާގަރ ބަނަސް

 

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ، ބެލް ޕެޕަރ، ލޮނުމެދު އަދި އިނގުރު ކޮޅު ހިމުންކޮށް ކޮށާލާށެވެ.

އެއަށްފަހު ޒައިތޫނި ތެލުގައި ތަރުކާރީ ކޮޅު މަޑުގިނީގައި ތެލުލާށެވެ.

ދެން ކޯންޑް ބީފް ދަޅުގެ އެއްބައި ތަރުކާރީކޮޅުގެ ތެރެޔަށް އެޅުމަށްފަހު، ރަތް ވަންދެން ތެލުލާށެވެ.

މަސްކޮޅު ރަތްވުމުން ސޯސްކޮޅު އަދި ލޮނު، އަސޭމިރުސް، އޮރިގާނޯ، މުގުރި މިރުސް، މުގުރި ދިރި އަދި ޕެޕްރިކާ އަޅާލައި، އެއްކޮށްލާށެވެ.

ބާގަރ ބަނަސް ޓޯސްޓް ކޮށްލަން ބޭނުން ވަންޔާ ބަނަސް ފަޅިކޮށްލައި ބަޓަރު ކޮޅެއް ހާކާލާފައި ހޫނު ތަވައެއްގައި ފިހެލާށެވެ. އެއަށްފަހު ލެޓިއުސްފަތްކޮޅު ބައިންދާފައި، އޭގެ މައްޗަށް މަސްކޮޅު އަޅާލާށެވެ. މަސްކޮޅު ހޫނުކޮށް ހުއްޓާ އޭގެ މަތީގައި ޗީޒް ފޮތި ބައިންދާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް