ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 09:20
ގުލާބް ޖާމުން ރެސިޕީ
ގުލާބް ޖާމުން ރެސިޕީ
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ގުލާބް ޖާމުން ރެސިޕީ
 
މިފަހަރު މިގެނެސްދެނީ އިންޑިއާގެ ތަފާތު، މީރު ރަހައެއް ކަމަށްވާ ގުލާބް ޖާމުންއެވެ

އިންޑިއާގެ ތަފާތު ޑިޝްއެއް ކަމަށްވާ ގުލާބް ޖާމުން އަކީ ދިވެހިންނަށް ވަރަށް ކަމުދާ ޑިޝްއެކެވެ. ރާއްޖޭގައި ހުންނަ ގިނަ އިންޑިއާ ކާނާ ވިއްކާ ރެސްޓޯރަންޓަކަށް ދެވިއްޖެއްޔާ މި ޑިޝް ރަހަބަލާނުލާ ހިނގައިދާނެ ދިވެއްސެއް ވަރަށް މަދު ވާނެއެވެ.

 

ގުލާބް ޖާމުން ރެސިޕީ.

 

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ކޯސްޓް ކިރު
  • 1 ސައި ސަމްސާ ފުށް
  • 1 ސައި ސަމްސާ ބޭކިންގ ޕައުޑަރ
  • 2 ސަމްސާ ބަޓަރ
  • 1 ބިސް
  • 2 ޖޯޑު ފެން
  • 1 ޖޯޑާއި ބައި ހަކުރު
  • މުގުރި ކާފުރުތޮޅި (ރަހަލާ ވަރަށް)
  • ސެފްރޮން (ރަހަލާ ވަރަށް)
  • ޕިސްޓާޗިއޯ ނަޓު

 

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމް ފުށް، ކޯސްޓު ކިރު، ބޭކިންގ ޕައުޑަރ، ބަޓަރ، އަދި ބިސް އެއްކޮށްލައި، ފުށްގަނޑެއް މޮޑެލާށެވެ.

މޮޑޭވަރަކަށް ބިސް ގިނަވަންޔާ އިތުރަށް ފުށް އަޅާލާނީއެވެ. ބިހުގެ އަޅާނީ އެއްބައެވެެ.

ދެން ގުޅަ ވަށާފައި ކޮންމެ ގުޅައެއްގެ މެދަށް ޕިސްޓާޗިއޯ ނަޓެއް ލުމަށްފަހު ތެޔޮގަނޑެއް އުދާށެވެ.

ތެޔޮ ގަނޑު ހޫނުވުމުން ގުޅަ ރަތްވެލަންދެން ތެލުލާށެވެ.

ހަކުރު ފަނި ހެދުމަށް ފެން، ހަކުރު، ސެފްރޮން އަދި މުގުރި ކާފުރުތޮޅި ތެއްޔެއްގެ ތެރެޔަށް އެއްކޮށްލައި، 5 ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލާނީއެވެ.

ހަކުރު ފަނި ތައްޔާރުވުމުން ރަތްކުލަ އަރާނެއެވެ. ދެން ތެލުލި ގުލާބް ޖާމުން ކޮޅު މީގެ ތެރެޔަށް އެއްކޮށްލައި 5 ވަރަކަށް މިނެޓް ކައްކާލާށެވެ. ގުޅަތަކުގެ ތެރެޔަށް ފެންގަނޑު ވަނީމައި މިހިރީ ތައްޔާރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
50%
50%
0%
ކޮމެންޓް