ކ. މާލެ
|
16 މެއި 2019 | ބުރާސްފަތި 09:18
ބްރެޑް އެންޑް ބަޓަރ ޕުޑިންގ
ބްރެޑް އެންޑް ބަޓަރ ޕުޑިންގ
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ބްރެޑް އެންޑް ބަޓަރ ޕުޑިންގ
 
މި ޕުޑިންގ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު، މީރު ޑިޝްއެއް

މި ޕުޑިންގ އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލުވެފައި، ރޯދަވީއްލަން ތައްޔާރު ކޮށްލަން ވަރަށް ރަނގަޅު ޑިޝްއެކެވެ. 

ބްރެޑް އެންޑް ބަޓަރ ޕުޑިންގ ރެސިޕީ.

 

ބޭނުންވާ ތަކެތި:

  • ބޮޑު ޕާނެއްގެ ފަޅިއެއް
  • ބައި ޖޯޑު ހިކި މޭބިސްކަދުރު،
  • 2 ސައިސަމްސާ ވެނިލާ އެސެންސް،
  • 3 ޖޯޑު ކިރު،
  • ހަތަރުބައިކުޅަ އެއްބައި ޖޯޑު ކްރީމް،
  • ބައި ސައިސަމްސާ މުގުރި ފޮނިތޮށި، 
  • 3 ބިސް،
  • ހަތަރުބައިކުޅަ އެއްބައި ޖޯޑު ހަކުރު، 
  • ބްރައުން ޝުގަރ (ޕުޑިންގެ މައްޗަށް އަޅާލަން)
  • ބަޓަރ (ޕާނުގައި ހާކަން)

 

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ޕާންފޮތިތަކުގައި ބަޓަރު ހާކާފައި ކައިރިތައް ކަފާލާނީއެވެ.

އެއަށްފަހު ހަތަރު ބަޔަށް، ތިނެސްކަނަަށް ޕާންފޮތިތައް ކޮށާލާފައި ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާލުމަށްފަހު އަތުރާލާނީއެވެ.

ދެން ބިސް، ކިރު، ކްރީމް، ހަކުރު، ވެނީލާ އަދި މުގުރި ފޮނިތޮށިކޮޅު ގިރާލާނީއެވެ.

މި މިކްސް ޕާންފޮތި ތަކުގެ މައްޗަށް އަޅާލުމަށްފަހު މައްޗަށް ހިކި މޭބިސްކަދުރު އަދި ބްރައުން ޝުގަރ ކޮޅު އަޅާލާނީއެވެ.

އެއަށްފަހު 150 ޑިގްރީސް ސެލްސިއަސްގައި 1 ގަޑިއިރު ވަންދެން ފިހެލާށެވެ.

ފިހެވުނީމައި ހުންނަންވާނީ މަޑު ބްރައުން ކުލައެއްގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް