ހޯމަ 16 ސެޕްޓެންބަރ 2019
10 އުތުރަ
1441 މަހައްރަމް 17
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:05
އަސްރު 15:05
މަޣްރިބް 18:07
އިޝާ 19:18
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ސްޕެގެޓީ ޕެސްޓޯ

  • ޕެސްޓޯ ސްޕެގެޓީ އަކީ ޕާސްތާގެ ވަރަށް މަގުބޫލު ވަށްތަރެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 12 މެއި 2019 | އާދީއްތަ 23:46 5,608

ސްޕެގެޓީ ޕެސްޓޯ - ރާއްޖެއެމްވީ

ޕެސްޓޯ ސްޕެގެޓީ އަކީ ޕާސްތާގެ ވަރަށް މަގުބޫލު ވައްތަރެކެވެ. މިއީ އަދި ދިވެހިންގެ ތެރޭގައި އެހާ މަގުބޫލު ޑިޝްއަކަށް ނުވިޔަސް މި ރެސިޕީ ތައްޔާރު ކޮއްލައިފިނަމަ ވަރަށް ކަމުދާނެއެވެ.

ތައްޔާރު ކޮށްލަން ބޭނުންވާނީ:

100 ގުރާމް ބޭސިލް ފަތް

20 ގުރާމް ކެޝޫ ނަޓު

2 ލޮނުމެދު (ހަނާކޮށްލާފައި)

2 ސަމްސާ ޒައިތޫނި ތެޔޮ

ބައި ޖޯޑު ޕާރމެޝަން ޗީޒް

1 ޖޯޑު ކުކިންގް ކްރީމް

100 ގުރާމް ކުކުޅު (ހިމަކޮށް ދިގަށް ކޮށާފައި)

ލޮނު

އަސޭމިރުސް

މުގުރި ދިރި

ބައި ސައިސަމްސާ ސްމޯކްޑް ޕެޕްރިކާ

ބައި ސައިސަމްސާ މުގުރި މިރުސް

އޮރިގާނޯ

2 ތޮޅި މިރުސް

ބައި ޖޯޑު ސްޕެެގެޓީ ކެއްކި ފެންގަނޑު

 

ތައްޔާރު ކޮށްލާނެ ގޮތް:

ތެއްޔެއްގެ ތެރޭގައި ސްޕެގެޓީކޮޅު މަޑު ކޮށްލާށެވެ.

ލޮނުމެދު، ބޭސިލް ފަތް، ކެޝޫ ކޮޅާއި ލޮނުމެދު އަދި ތެޔޮކޮޅު ބްލެންޑަރަކަށް އަޅާފައި މުގުރާލާށެވެ.

މުގުރާ ނިމޭއިރު ހުންނަންވާނީ ހިކިނޫން ޕޭސްޓްގަނޑެއްހެންނެވެ.

އެއަށް ފަހު ކުކުޅު ކޮޅު ތެރެޔަށް ލޮނު، އަސޭމިރުސް، ދިރި، ސްމޯކްޑް ޕެޕްރިކާ، މުގުރި މިރުސް އަދި އޮރިގާނޯކޮޅު އަޅާލައި، ރަނގަޅަށް މޮޑެލާށެވެ.

އެއަށް ފަހު ގަދަ ގިނީގައި ތެލުލާށެވެ.

ތަތްނުލަވާ ތަވައެއްގައި 1 ސައިސަމްސާ ބަޓަރުގައި 1 ލޮނުމެދު މަޑުގިނީގައި ތެލުލާށެވެ. ދެން އެއްޖޯޑު ކުކިންގް ކްރީމް އަޅާފައި ޗީޒް ކޮޅާއި ސްޕެގެޓީ ކެއްކި ފެންކޮޅު އަޅައި ހާވާލާށެވެ. އެއަށް ފަހު ޕެސްޓޯ ސޯސް ކޮޅު އަޅާފައި ސްޕެގެޓީ ކޮޅު އަދި ކުކުޅު ކޮޅު އެއްކޮށްލާނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް