ކ. މާލެ
|
12 މެއި 2019 | އާދީއްތަ 11:24
މީހަކު މޫދާ ދިމާ އަށް ބަލަން އިށީދެލައިގެން
މީހަކު މޫދާ ދިމާ އަށް ބަލަން އިށީދެލައިގެން
މުހައްމަދު ޝަރުހާން
އަމިއްލަ ނަފްސްގެ އިހުސާސްތައް ކޮންޓްރޯލް ކުރުން
އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރާނީ ކިހިނެއް؟
 
ހަމްދަރުދީ ފާޅުކުރުމަކީ އެހެން މީހުންނާ ގުޅިގެން އުޅުމަށް ލިބޭ ފުރުސަތެއް
 
ފާޑުކިއުންތައް ބަލައިގަތުމަކީ ކަންކަން ރަނގަޅު ކުރުމަށް ކޮށޭ މަގެއް

އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވިދާނެ ވަރަށް ގިނަ ގޮތްތަކެއް ވެއެވެ.
އޭގެ ތެރޭގައި


އަމިއްލަ އިހުސާސްތަކާއި ދޭތެރެ ވިސްނުން
އިހުސާސްތައް ކޮންޓްރޯލް ކުރުމަށް އެންމެ މުހިންމު ކަމަކީ އަމިއްލަ ންފަސާ ދޭތެރޭ ވިސްނައި މުޖުތަމައުގެ ކަންކަމަށް ތިމާ އަހުލުވެރިވެ ތިމާގެ އިހުސާސްތަކާއި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމެވެ.
މި އިހުސާސްތައް ދެނެގަތުމަށް އަމިއްލަ ނަފްސާ ކުރެވިދާނެ ބައެއް ސުވާލުތަކަކީ: ތިމާގެ އިހުސާސްތައް ކޮންޓްރޯލް ކުރަނީ ކިހާވަރަކަށްތޯ އާއި ތިމާގެ ބަލިފައި ދެނެގަތުމެވެ. އަދި ތިމާ ނިންމާ ނިންމުންތަށް އިހުސާސްތަކާ ގުޅިފައި ވަނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ. މީގެ އިތުރުން ވެސް އެހެން މީހުން ބުނާ އެއްޗަކުން ތިމާއަށް އަސަރު ކުރަނީ ކިހާވަރަކަށްތޯ ދެނެގަތުމެވެ. އަދި މިއީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުމަށް ލިބޭ ފައިދާއަކަށް ވާނެއެވެ.


 ވާހަކަ ދައްކަން ފަށާއިރު ނުވަތަ ހަރަކާތްތެރި ވާއިރު ތިމާ އެހެން މީހުންނަށް ފެންނަ ގޮތް
ތަނެއްގައި ވާހަކަ ދައްކަން ފަށާއިރު ނުވަތަ ހަރަކާތްތެރި ވާއިރު ވެސް އެ މީހާ އެތަނެއްގައި އެހެން މީހުންނަށް ފެންނަ ގޮތް، އުޅުމުން ވިޔަސް ނުވަތަ ވާހަކަ ދައްކާ ގޮތުން ވިޔަސް ތަފާތު ވާނެއެވެ. އަދި ބައެއް ފަހަރު މިފަދަ ކަންކަމުން ލަދުގަންނަ ކަންކަމާ ވެސް ކުރިމަތި ލާން ޖެހެއެވެ.
މިއީ އަނގައިން ބުނެލަން ފަސޭހަ ކަމަކަށް ވިޔަސް މިކަމަކީ މީހުން އެހާ ސަމާލުކަން ދޭ ކަމަކަށް ނުވެއެވެ.

 

އެ މީހާގެ ވިސްނުން ކޮންޓްރޯލްކުރުން
ކުއްލިއަކަށް ދިމާވާ ކަންކަމުގައި އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަކީ ނާދިރު ކަމެކެވެ. އެހެން ނަމަވެސް އެކަމުގެ ސަބަބުން އަމަލުކުރާ ގޮތް އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެއެވެ. މިސާލަކަށް ނޭނގި ހުއްޓާ ދޫންޏެއް ބޮލުގައި ޖައްސަފާނެއެވެ. އެއީ އަމިއްލަ އިހްތިޔާރުގައި ކޮންޓްރޯލްކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެ ދޫނި ބޮލުގައި ޖައްސައި ބިސް އަޅަން ފުރުސަތު ދިނުމާއި ނުދިނުން ތިމާގެ އިހްތިޔާރުގައި ވެއެވެ. 
އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރުމުން އެ މީހާގެ މިސްރާބަށް ވާސިލު ވުމަށް މަގުފަހި ވެއެވެ.

 

ފާޑުކިއުންތައް ބަލައިގަތުން
ކޮންމެ މީހަކަށް ތިމާޔާ ބެހޭ ގޮތުން އަނެއް މީހާ ބުނާ ހިތްހަމަ ނުޖެހޭ ބަސްތައް ބަލައިގަތުމަށް އުނދަގޫ ވެއެވެ. އެހެން ނަމަވެސް ފާޑުކިއުމަކީ ރަނގަޅު ކުރުމަށް ލިބޭ އިތުރު ފުރުސަތެކެވެ.
އެއީ އެންމެ ރަނގަޅު ފާޑު ކިއުމަށް ނުވިޔަސް އެހެންމީހުން ތިމާ ކުރާ ކަންކަމާ ދޭތެރެ ދެކޭ ގޮތް ދެނެގަންނަން ލިބޭ ފުރުސަތެކެވެ.
އެންމެ ރަނގަޅު ގޮތަކީ ތިމާ ހިތްނޭދޭ ފާޑުކިއުމެއް ވެސް ބަލައިގަނެ އެ މީހާގެ އިހްސާސްތައް ކޮންޓްރޯލްކޮށް އެ ކަންކަން ރަނގަޅުވާނީ ކިހިނެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރުމެވެ.

 

އެހެންމީހުންނާއި ގުޅިގެން އުޅުން
އެހެން މީހުންނާ ގުޅިގެން އުޅުމުގެ މާނައަކީ ކޮންމެހެން ތިމާގެ ވާހަކަތައް ފެންނަ ކޮންމެ މީހެއް ކައިރީގައި ދެއްކުމެއް ނޫނެވެ. އޭގެ މާނައަކީ ކަމަކާ ދޭތެރެ އަމިއްލައަށް ދެކޭ ގޮތާއި ޚިޔާލު ހުށައަޅާއިރު ތިމާ އެކަމަކާ ދޭތެރެ ދެކޭ ގޮތުގައި ދެމިހުރުމެވެ. މިގޮތަށް ޚިޔާލު ހުށައެޅިޔަސް އެންމެން ބަލައި ނުގަތުމަކީ އެކަށިގެންވާ ކަމެކެވެ. އެހެންނަމަވެސް އެ މީހާ ދަންނަ މީހުން އެކަންކަން ބަލައި ގަންނާނެއެވެ

 

އެހެން މީހުނަށް ހަމްދަރުދީ ފާޅުކުރުން
އެހެން މީހުންގެ އިހުސާތަކާއި ސުއޫރުތައް ދެނެގަތުމުގެ ގާބިލުކަން ތިމާގެ ގައިގައި ހުރުމަކީ އެހެން މީހުންނާ ގުޅިގެން އުޅުމަށް ފަސޭހަވެގެން ދާ ކަމެކެވެ.
ތިމާ އެހެން މީހުންނާ ބެހޭ ގޮތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އަނެއް މީހާގެ ނަޒަރުން ވިސްނުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެގޮތުން އިހުސާސަތައް ދެނެގަތުމުގެ މާނައަކީ އެހެން މީހުން ބުނާ ހުރިހާ އެއްޗެއް ގަބޫލު ކުރުމެއް ވެސް ނޫނެވެ.
މި ނޫނަސް އަމިއްލަ ނަފްސްގެ އިހުސާސްތައް އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރުމަށް މަގުފަހިވާ އިތުރު ކަންތައްތަކަކީ އެހެން މީހުން ކުރާ ރަނގަޅު ކަންކަން ބަލައިގަނެ ތައުރީފު ކުރުމާއި، ދިމާވާ ކަންކަމުގައި މާފަށް އެދުމާއި، އަދި މާފް ދިނުމާއި، ވައުދުވެއްޖެ ނަމަ އެވައުދެއްގެ މަތީގައި ދެމިހުރުމުގެ އިތުރުން އެހެން މީހުންނަށް އެހީތެރިވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
50%
0%
0%
0%
0%
50%
ކޮމެންޓް