ހުކުރު 03 އޭޕުރިލް 2020
09 ރޭވަ
1441 ޝައުބާން 10
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28
ސިއްހަތު - ރޯދަ އާއި ސިއްހަތު

އަންނާރު: އަޖައިބެއް ފަދަ މޭވާއެއް

  • އަންނާރަކީ ގިނަ ބަލިތަކެއްގެ ފަރުވާއެއް

ޚަދީޖާ އިބްރާހިބް
Khadheejaibrah7

ކ. މާލެ 10 މެއި 2019 | ހުކުރު 19:09 7,968

އަންނާރުތަކެއް - މުހައްމަދު ޝަރުހާން

އެންމެ ފައިދާ ހުރި އެއް މޭވާ އަކީ ކޮބައިކަން އެނގޭ ހެއްޔެވެ. ޔަގީނުންވެސް އެއީ އަންނާރެވެ. ދިރާސާތަކުން ދައްކާ ގޮތުން އަންނާރަކީ އޭގައި ސިއްހީ އެތައް ފައިދާއެއް އެކުލެވޭ އަދި ގިނަ ބަލިތަކުން ސަލާމަތް ކޮށްދޭ މޭވާއެކެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބޭނުންވާނަމަ އަންނާރު ޖޫސް ނުވަތަ އޭގެ އޮށް ބޭނުން ކުރުމަށް އާދަކުރުމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.   

އަންނާރު

ކެއުމުގެ އިތުރުން އަންނާރަކީ ބޭސްވެރިކަމަށްވެސް  ބޭނުން ކުރާ އެއްޗެއް

ދިރާސާތަކުން ދައްކާގޮތުން އަންނާރު ކެއުމުން ހަޖަމްގެ ނިޒާމަށާއި އުރަމަތީގެ ކެންސަރުން ދުރުހެލި ކޮށްދެއެވެ. ލޭ މައްޗަށް ދިއުމުން ހާޓްއެޓޭކާއި ސްޓްރޯކްޖެހުމަށް މަގުފަހިވާއިރު އަންނާރުގެ ސަބަބުން ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދެއެވެ. ދިރާސާ ތަކުން ދައްކާގޮތުން ދުވާލެއްގެ މައްޗަށް 150 މިލި ލީޓަރުގެ އަންނާރު ޖޫސް 2 ހަފްތާ ވަންދެން ބޭނުން ކުރާނަމަ ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކުރެވޭކަން ފާހަގަ ކުރެވިފައި ވެއެވެ. މިއީ ދަތަށާއި ކައްޓަށް ވެސް ރަނގަޅު މޭވާ އެކެވެ. އަދި ސިކުނޑިއަށް ވެސް ރަނގަޅު މޭވާއެކެވެ. 

 

ކެއުމުގެ އިތުރުން އަންނާރު ބޭސްވެރިކަމަށްވެސް ބޭނުން ކުރޭ Caption

އަންނާރު ބޭނުންކުރުމުން ހަރަކާތްތެރިވެ އުޅުން އިތުރަށް ތަރައްގީ ކޮށްދެއެވެ. ނަވާރަ ދުވުންތެރިން ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން ކަސްރަތު ކުރުމުގެ 30 މިނެޓް ކުރިން 1 ގުރާމް އަންނާރު ބޭނުން ކުރުމުން މީހާގެ ލޭ ދައުރުވުން އިތުރުކޮށްދީ ވަރުބަލިވުން ލަސްކޮށް ހަރަކާތްތެރިވުން އިތުރު ކޮށްދެއެވެ. އުމުރުން ދުވަސްވުމާއި ގުޅިގެން ހުޅުތަކުގަޔާއި ކަށީގައި ރިއްސާ މީހުން އަންނާރު ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ޑައިޓް ކުރާ މީހުންގެ ޑައިޓް ޕްލޭނުގައި އަންނާރު ހިމެނުމަށް ކަމުގެ ތަޖުރިބާ ކާރުން ލަފާ ދެއްވައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް