ހޯމަ 16 ސެޕްޓެންބަރ 2019
10 އުތުރަ
1441 މަހައްރަމް 17
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:05
އަސްރު 15:05
މަޣްރިބް 18:07
އިޝާ 19:18
ލައިފް ސްޓައިލް - ރޯދަ ބަދިގެ 1440

ގްރީން ގޮޑެސް ސްމޫތީ

  • ގްރީން ގޮޑެސް ސްމޫތީއަކީ ވަރަށް ތާޒާ، ރަހަމީރު ބުއިމެއް

ޒުނާނާ ޒާލިފް
zunana

ކ. މާލެ 9 މެއި 2019 | ބުރާސްފަތި 08:39 2,710

ގްރީން ގޮޑެސް ސްމޫތީ - ރާއްޖެއެމްވީ

ގްރީން ގޮޑެސް ސްމޫތީއަކީ ވަރަށް ތާޒާ، ރަހަމީރު ބުއިމެއް.

ބޭނުންވާ ތަކެތި:

އެއް ޖޯޑާއި ހަތަރުކުޅަ އެއްބައި ޖޯޑު އާފަލު ޖޫސް

1 ރަތް އާފަލު

3 ކިވީ

ހަތަރުބައިކުޅަ ތިންބައި ޖޯޑު އޯޓްސް

އަތްފުރާ ނެގޭ ވަރަށް ސްޕިނެޗް ފަތް

އައިސް

 

ތައްޔާރުކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ހުރިހާ މޭވާކޮޅެއްގެ ތޮށި މަށާލާނީއެވެ. އެ އަށް ފަހު މޭވާކޮޅު ކުދިކޮށް ކޮށާލާނީއެވެ.

ދެން ހުރިހާ މޭވާކޮޅާއި އޯޓްކޮޅު ބްލެންޑަރަކަށް އަޅާލުމަށް ފަހު އާފަލު ޖޫސްކޮޅާ އެކު ފެން އަޅާފައި ގިރާލާނީއެވެ.

ހުރިހާ އެއްޗެއް ބްލެންޑްވަމުން ދާ ވަރަކަށް ސްޕިނެޗް އަދި އައިސް ކިއުބް އަޅާނީއެވެ.

މި ޖޫހުގެ ރަހަ ފޮނި ކޮށްލުމުގެ ގޮތުން ހަކުރު ވެސް އެޅިދާނެއެވެ. ނަމަވެސް މިއަށް އަޅާ މޭވާގެ ފޮނިކަން ހުރުމާ އެކު އަދި މި ޖޫހަކީ ސިއްޙަތަށް ފައިދާހުރި ޖޫހަކަށް ވީތީ މި ޖޫހަށް ހަކުރު ނޭޅިޔަސް ރަނގަޅު ވާނެއެވެ.

މި ރެސިޕީއަށް ތައްޔާރު ކޮށްލެވޭނީ ދެ ތައްޓަށްވާ ވަރަށެވެ.

ސްޕިނެޗް ފަތަކީ ނިއުޓްރިޝަނުން ފުރިފައިވާ ފަތަކަށް ވުމުން މި ޑްރިންކަށް މި ފަތް އަޅާލުމުން ހަށިގަނޑަށް ވަރަށް ފައިދާ ލިއްބައިދެއެވެ. މި ފަތަކީ ހަކުރުބަލި ހުންނަ މީހުނާ ގުޅޭ، ލޭ މައްޗަށް ދިޔުން ކޮންޓްރޯލް ކޮށްދޭ އަދި ކެންސަރުން ދުރުކޮށްދޭ ފަތެކެވެ. އެހެންކަމުން މި ޖޫހަކީ ރަމަޟޯން މަހު ރޯދަ ވީއްލުމަށް ތައްޔާރު ކޮށްލެވިދާނެ ވަރަށް ހިތްގައިމު، މީރު، ސިއްޙަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ބުއިމެކެވެ.

އެހެންމެ އޯޓްސް އަކީ ނިއުޓްރިޝަނުން ފުރިފައިވާ އެއްޗަކަށް ވުމުން މި މުއިމަށް އޯޓްސް އެޅުމުން ހަށިގަނޑަށް ވަރަށް ފައިދާ ލިއްބައިދެއެވެ. މިއީ ހުސްބަނޑަށް ހުރެ ބޯލަން ރަނގަޅު ބުއިމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް