ކ. މާލެ
|
9 މެއި 2019 | ބުރާސްފަތި 08:35
ސްވީޓް ސޭޖް ޖޫސް
ސްވީޓް ސޭޖް ޖޫސް
ރާއްޖެއެމްވީ
ރޯދަ ބަދިގެ 1440
ސްވީޓް ސޭޖް
 
މި ޖޫހަކީ ރަހަމީރުވުމުގެ އިތުރުން ހަށިގަނޑަށް ވެސް އެހާމެ ފައިދާ ވާނެ ޖޫހެއް

މި ޖޫހަކީ ރަހަމީރުވުމުގެ އިތުރުން ހަށިގަނޑަށް ވެސް އެހާމެ ފައިދާ ވާނެ ޖޫހެކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ފެން

2 ޖޯޑު އަލަނާސި

1 ޕެއާ

1 ކިވީ

އަތްފުރާ ނެގޭ ވަރަށް ސްޕިނެޗް ފަތް 

5 ސޭޖް ފަތް

އައިސް

 

ތައްޔާރުކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ހުރިހާ މޭވާ ކޮޅެއްގެ ތޮށި މަށާލާނީއެވެ. އެ އަށް ފަހު މޭވާކޮޅު ކުދިކޮށް ކޮށާލާނީއެވެ. 

އަލަނާސިން ބޭނުން ކުރާނީ ސްލައިސް ކޮށްލުމުން 2 ޖޯޑަށް އެޅޭ ވަރަށެވެ.

ދެން ހުރިހާ މޭވާކޮޅެއް ބްލެންޑަރަކަށް އަޅާލުމަށް ފަހު 2 ޖޯޑު ފެން އަޅާފައި ގިރާލާނީއެވެ.

ހުރިހާ އެއްޗެއް ބްލެންޑްވަމުން ދާ ވަރަކަށް ސްޕިނެޗް އަދި ސޭޖް ފަތްކޮޅު ވެސް އަޅާލާނީއެވެ. އެއަށްފަހު އަޅާނީ އައިސްއެވެ. 

މި ޖޫހުގެ ރަހަ ފޮނި ކޮށްލުމުގެ ގޮތުން ހަކުރުވެސް އެޅިދާނެއެވެ. ނަމަވެސް މިއަށް އަޅާ މޭވާގެ ފޮނިކަން ހުރުމާއެކު އަދި މި ޖޫހަކީ ސިއްޙަތަށް ފައިދާހުރި ޖޫހަކަށް ވީތީ މި ޖޫހަށް ހަކުރު ނޭޅިޔަސް ރަނގަޅު ވާނެއެވެ. 

މި ރެސިޕީއަށް ތައްޔާރު ކޮށްލެވޭނީ ދެ ތައްޓަށްވާ ވަރަށް.

ސްޕިނެޗް ފަތަކީ ނިއުޓްރިޝަނުން ފުރިފައިވާ ފަތަކަށް ވުމުން މި ބުއިމަށް މި ފަތް އެޅުމުން ހަށިގަނޑަށް ވަރަށް ފައިދާ ލިއްބައިދެއެވެ. މި ފަތަކީ ހަކުރުބަލި ހުންނަ މީހުނާ ގުޅޭ، ލޭ މައްޗަށް ދިޔުން ކޮންޓްރޯލް ކޮއްދޭ އަދި ކެންސަރުން ދުރުކޮއްދޭ ފަތެކެވެ. އެހެންކަމުން މި ޖޫހަކީ ރަމަޟޯން މަހު ރޯދަ ވީއްލުމަށް ތައްޔާރު ކޮއްލެވިދާނެ ވަރަށް ހިތްގައިމު، މީރު، ސިއްޙަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ބުއިމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް