ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 02:45
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާ ނެޓުން ތަޢާރަފްކުރުން
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާ ނެޓުން ތަޢާރަފްކުރުން
މީޑިއާނެޓް
މީޑިޔާ ނެޓް
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
 
އެންޑްޓީވީ އެޗްޑީ ޗެނަލް ހިމެނޭނީ ޕްރިމިއަމް އެޗްޑީ ޕެކޭޖްގަ

ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ހަމައެކަނި ކުންފުނި މީޑިޔާނެޓުން އެންޑްޓީވީ އެޗްޑީ ޗެނަލް ތަޢާރަފްކޮށްފި އެވެ.

 

ހިންދީ ފިލްމުތަކާއި ޑްރާމާ ސީރީސްތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ މި ޗެނަލްއިން ދައްކާ ބައެއް ސީރީސްތަކުގެ ތަކުގެ ތެރޭގައި ބާބީޖީ ގަރްޕަރް ހޭ ފަދަ ސީރީސްތައް ހިމެނެއެވެ.

 

މިއީ އިންޑިއާގައި އެންމެ ފުޅާދާއިރާއެއްގައި ތަފާތު އެންޓަޓައިންމެންޓް ޚިދުމަތް ދެމުން އަންނަ ޒޯ އެންޓަރޓައިމެންޓް އެންޓަރޕްރައިސެސްގެ ދަށުން ޚިދުމަތްދޭ ޗެނަލްއެކެވެ.

 

އެޗްޑީ ޗެނަލްގެ 856 އިން ލިބޭ މިޗެނަލް އިތުރު ޗާޖަކާއި ނުލައި ލިބޭނެ ކަމަށާއި މިވަގުތު މި ޗެނަލް ހަމައެކަނި ލިބެމުންދާނީ މާލެއަށް ކަމަށް މީޑިއާ ނެޓުން ބުންޏެވެ.  އަދި ކައިރި މުސްތަޤްބަލެއްގައި މި ޗެނަލް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ލިބިގެންދާނެ ކަމަށް ދީނާ އަބޫބަކުރު ވިދާޅުވި އެވެ.

 

ކުރިއަށް އޮތް ފަނަރަ ދުވަހު މި ޗެނަލް ހުރިހާ ކަސްޓަމަރުންނަށްވެސް ހިލޭ ލިބޭނެ ކަމަށާއި އެހެން ނަމަވެސް އޭގެ ފަހުން ޗެނަލް ލިބޭނީ ޕްރިމިއަމް އެޗްޑީ ޕެކޭޖް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް އެކަނި ކަމަށް ދީނާ ވިދާޅުވި އެވެ.

 

އެޗްޑީގެ ތިން ޕެކޭޖެއް ހިމެނޭއިރު އެންޑްޓީވީ އެޗްޑީ ޗެނަލް ހިމެނޭނީ ޕްރިމިއަމް އެޗްޑީ ޕެކޭޖްގަ އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް