ކ. މާލެ
|
7 މެއި 2019 | އަންގާރަ 23:51
ބިލެތްތަކެއް
ބިލެތްތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ބިލެތުގެ ސިއްހީ ފައިދާ
ބިލެތުގެ ސިއްހީ ބައެއް ފައިދާ!
 
ބިލެތުގައި ފެޓްސް ހިމެނެނީ 0.8 ޕަސެންޓް
 
ބިލެތް ބޭނުން ކުރުމުން ނޭވާ ހިއްލުމުން ދުރުކޮށްދޭ

ދިވެހިން ބިލެތް ބޭނުން ކުރަނީ ދުފަން އެކަންޏެވެ. ބިލެތުގައި ސިއްހީ އެތައް ފައިދާތަކެއް އެކުލެވޭކަން އެނގެނީ ވެސް ނިސްބަތުން މަދު މީހަކަށެވެ. ނަމަވެސް ބިލެތަކީ ހަށިގަނޑަށާއި ހަންގަނޑަށް އެތަކެއް ފައިދާއެއް ލިއްބައިދޭ އެއްޗެކެވެ. ހަށިގަނޑު ރީތިކޮށް އޮމާންކޮށް ބެހެއްޓުމަށް ވެސް ބިލެތް ބޭނުން ކުރެވެއެވެ. މި ނޫނަސް އެތައް ގޮތަކުން އެތައް ފައިދާތަކެއް ބިލެތުން ލިއްބައި ދެއެވެ. ނަމަވެސް ދުފުމުގެ ތެރޭގައި ބިލެތް ބޭނުންކުރުމުން އޭގެ އަސްލު ފައިދާ ގެއްލެއެވެ. 

އިސްތަށި ފޭބުން ކޮންޓްރޯލް ކޮށްދިނުން

ބިލެތަކީ އިސްތަށި ފޭބުމުން ދުރުކޮށްދޭ އެއްޗެކެވެ. އަޔުރްވޭދާއިން ހާމަކޮށްފައިވާ ގޮތުގައި ބިލެތް ބޭނުންކޮށްގެން އިސްތަށި ފޭބުން ހުއްޓުވިދާނެއެވެ. މިކަން ކުރުމަށް ބިލެތާއި ކާށި ތެޔޮ އެއްކޮށްފައި މުގުރާލާށެވެ. އަދި ބޮލުގެ އެތެރޭގައި އެއްކޮށް ހާކާލާފައި އެއް ގަޑިއިރު ބަހައްޓާށެވެ. ދެން ޝޭންޕޫކޮޅެއް ލާފައި ދޮވެލާށެވެ.

ފުންނާބު ފަޅާއިގެން ދިއުމުން ދުރުކޮށްދޭ

ފައިގެ ފުންނާބު ފަޅައިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިހެން ދިމަވަނީ ހިރަފުހުގެ ސަބަބުންނާއި އާންމުކޮށް ހަމުގެ މައްސަލަތައް ހުންނަ މީހުންނަށް ކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން ވެސް ތަރުކާރީ އާއި ފަތްޕިލާވެލި ނުވަތަ ވިޓަމިން ސީ އާއި ދަގަނޑުގެ ބާވަތްތައް ހިމެނޭ ކާތަކެތި ކެއުން މާ ބޮޑަށް މަދުވެއްޖެ ނަމަވެސް މި މައްސަލަ ކުރިމަތި ވެއެވެ.

ފުންނާބު ފަޅައިގެން ދާ ނަމަ ބިލަތް ފުނޑާފައި ފަޅައިގެން ގޮސްފައިވާ ހިސާބުގައި އެޅުމުން ދެ ދުވަސް ނުވަތަ ތިން ދުވަސް ތެރޭގައި ރަނގަޅު ވެއެވެ.
ބިލެތް ވެލެއް

ނަފްސާނީ ބަލިތަކުން ދުރުކޮށްދޭ

ބައެއް މީހުންނަކީ ކުޑަކުޑަ ކަމެއް ދިމާވާއިރަށް ވެސް ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެ، ހަދާނެ ގޮތް ހުސްވާ މީހުންނެވެ. މިފަދަ މީހުން ބިލެތުގެ ދިޔަޔާއި މާމުއި އެއްކުރުމަށް ފަހު ދުވާލަކު ދެ ފަހަރު ބުއިމުން ރަނގަޅު ވެއެވެ. މީގެ އިތުރުން މީހާގެ މޫޑު ރަނގަޅުކޮށްދީ ހަރަކާތްތެރިވެ އުޅުމަށް މަގުފަހި ކޮށްދެއެވެ.

ބޮލުގައި ރިއްސާ ނަމަ ބިލެތް ފުނޑާފައި ނިއްކުރިމަތީގައި އުނގުޅުމުން މޫނަށް ފިނިކަން ލިބި ބޮލުގައި ރިއްސުން ކުޑަކޮށްދެއެވެ.

ގައިގަ ރިއްސުމަށް ލުއިކަން ގެނެސްދޭ

ބިލެތަކީ އޭގެ ސަބަބުން ގައިގާ އަޅާ ވޭން ލުއިކޮށްދޭ އެއްޗެކެވެ. އާންމު ގޮތެއްގައި ކަނޑައިގެން ގޮސްފައި ހުންނަ ތަންތަނާއި ހިރުވާ ތަންތަނަށާއި ނޫފައިގެންފައި ހުންނަ ތަންތަނުގެ އިތުރުން ގައިން ހޫނު އަރާ ނަމަ ބިލެތުގައި ޖޫސް ހަދައިގެން ބުއިމުން ރަނގަޅުވެއެވެ.

 
މާރުކޭޓުގައި ބިލެތް ވިއްކަނީ

ބަނޑުގައި ރިއްސުން ކުޑަކޮށްދޭ

ބަނޑު ކައްކާ ގޮތްވެ ބަނޑަށް އިތުރު އުނދަގޫ ވާނަމަ ބިލަތް ކެއުމުގެ ސަބަބުން އެ އުނދަގޫތަކުން ދުރުކޮށްދެއެވެ. އަދި ކުޑަކުދިން ބަނޑުގައި ރިއްސާ ނަމަ ބިލެތް ފެނު ކައްކާފައި އަސޭމިރުހާއި އެއްކުރުމަށް ފަހު ދެއިރު އިރަކު އެއް ސައިސަމުސާ ދިނުމުން ރަގަޅު ވެއެވެ.  

މީގެ އިތުރުން ނޭފަތުން ލޭއައުމާއި، ނޭވާ ހިއްލުމާއި، ބުރަކަށީގައި ރިއްސުމުގެ އިތުރުން އަދި ގޭސްޓްރިކް މައްސަލަތައް މަދުކޮށް ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފަހައްޓައި ދެއެވެ. އަދި ބަނޑުގައި އުފެދޭ ގޭސް ކޮންޓްރޯލް ކޮށްދިނުމުގެ އިތުރުން ބިލެތުގައި އެކުލެވޭ ތެލުގެ ސަބަބުން ބަނޑަށް މަސާޖު ލިބި ހަށިގަނޑުން ބޭނުން ނުވާ ބައި ވަކިކޮށްދެއެވެ .

ނޭވާ ހާސްވާ މީހުންނަށް ވެސް ބިލެތަކީ މުހުންމު އެއްޗެކެވެ.

ބިލެތުގައި އެކުލެވޭ މާއްދާތައް

މޮއިސްޗަރ 85.4 ޕަސެންޓް

ޕްރޮޓީން 3.1 ޕަސެންޓް

މިނެރަލް 2.3 ޕަސެންޓް

ފެޓްސް 0.8 ޕަސެންޓް

ކާބޯ ހައިޑްރޭޓްސް 6.1 ޕަސެންޓް

މީގެ އިތުރުން ވެސް ފައިބަރ، ވިޓަމިން ސީ، ކެލްސިއަމްގެ އިތުރުން ރިބޮފްލެވިން ހިމެނެއެވެ.  

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
29%
57%
5%
10%
0%
0%
ކޮމެންޓް
7 މެއި 2019 | އަންގާރަ 22:15
ހުސެއިން
މިފަދަ ލިޔުންތަކުގައި ތިޔަދެއްވާ މައުލޫމާތުގެ މަސްދަރު ހިމެނުން ވަރަށް މުހިންމު. ރާއްޖެ އެމްވީ ގައި ލެބޯރަޓަރީއެއް އިންނަނީތޯ