ކ. މާލެ
|
7 މެއި 2019 | އަންގާރަ 20:41
ޖިގްލީ ޗީޒް ކޭކް
ޖިގްލީ ޗީޒް ކޭކް
ރާއްޖެއެމްވީ
ރޯދަ 1440
ޖިގްލީ ޗީޒް ކޭކް
 
މި ޗީޒް ކޭކަކީ މަޑު، ސްޕަންޖީ، އަނގަޔަށް ވިރިގެންދާނެ ކަހަލަ އެހާމެ ރަހަ މީރު ކޭކެއް

ޖިގްލީ ޗީޒް ކޭކް ރެސިޕީ.

 

ބޭނުންވާ ތަކެތި:

100 ގުރާމް ބަޓަރ (އަންސޯލްޓެޑް)

100 ގުރާމް ކްރީމް ޗީޒް 

130 މިލި ލީޓަރު ކިރު

180 ގުރާމް ހަކުރު

1 ސަމްސާ އޮރެންޖު ތޮށި (މަށާލާފައި)

ބައި ޖޯޑު އޮރެންޖު ޖޫސް

8 ބިހުގެ ގޮބޮޅި (ހުދު ބަޔާ ވަކި ކޮށްފަ)

13 ބިހުގެ ހުދުބައި (ގޮބޮޅިއާ ވަކިކޮށްފަ)

ހަތަރު ބައި ކުޅަ އެއް ބައި ޖޯޑު ފުށް

ހަތަރު ބައި ކުޅަ އެއް ބައި ޖޯޑު ކޯން ފްލާ

 

ތައްޔާރު ކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ޑަބަލް ބޮއިލަރެއްގެ (ކެއްކި ފެން ތެއްޔެއްގެ މައްޗަށް އިތުރު ތައްޓެއްލާފައި) ތެރެޔަށް ބަޓަރު ކޮޅު އަޅާލުމަށް ފަހު ދިޔާ ކޮށްލާށެވެ.

ވަކިން ތައްޓެއްގައި ކްރީމް ޗީޒް ކޮޅުވެސް ހަމަ މިގޮތަށް ދިޔާ ކޮށްލާށެވެ. 

ޑަބަލް ބޮއިލަރެއްގައި މިކަން ކުރަން ޖެހެނީ ބަޓަރަކީ ވަރަށް އަވަހަށް އަނދާނެ އެއްޗަކަށް ވާތީއެވެ.

ބަޓަރު އަދި ކްރީމް ޗީޒް ކޮޅު ދިޔާވުމުން ހީހޫ ކުރަން އެއް ކައިރި އަށް ޖައްސާލާށެވެ.

ވަކި ކުރި ބިހުގެ ގޮބޮޅިތައް ހޭންޑް މިކްސަރަކަށް އެޅުމަށް ފަހު 180 ގުރާމް ހަކުރުގެ ތެރެއިން 50 ގުރާމް އަޅައިގެން ގިރާލާށެވެ. 

ހަކުރުކޮޅު ބިހާއި އެއްވެލުމުން (މިކްސް ނުވެ ހުރެގެން ނުވާނެ) ޗްރީމް ޗީޒް ކޮޅު އަޅާލާށެވެ. ރަނގަޅަށް ގިރާލުމަށް ފަހު ދެ ވައްތަރުގެ ފުށް އެއްކޮށްލާށެވެ.

އެއަށް ފަހު ހީހޫވެފައިވާ ބަޓަރުކޮޅު އެއްކޮށްލާ ގިރާލާނީއެވެ.

ގިރާއިރު ތަށީގެ ކައިރި ފަށުގަ ނުގިރި ހުންނަ އެތިކޮޅު އެއްކޮއްލަން ހަނދާންކުރަން ވާނެއެވެ.

މިއަށް ފަހު މުޅިން އެހެން ތައްޓެއްގައި 13 ބިހުގެ ހުދުބައިތައް އެއްކޮށްލާނީއެވެ.

ހުދުބައިތައް ގިރާއިރު ތަށީގަޔާއި ވިސްކުގަ އެއްވެސް ވަރަކަށް ފެން ހުރެގެން ނުވާނެއެވެ. ރަނގަޅަށް ގިރެންޔާ އިނގޭނީ ވިޕްޑް ކްރީމް އާ ވައްތަރު ވުމުންނެވެ. މިއަށް ފަހު ކުރިން ގިރި އެތީގެ ތެރެޔަށް މަދު މަދުން އެއްކުރަމުން ދާނީއެވެ. މި ދެބައި އެއްކުރާއިރު ހޭންޑް މިކްސަރެއް ބޭނުމެއް ނުކުރާނެ އެވެ. މިބައި ޖެހޭނީ މަޑު މަޑުން ފޯލްޑު ކުރަންށެވެ. 

ދެބައި ރަނގަޅަށްް އެއްވުމުން އޮރެންޖް ތޮށިކޮޅާއި ޖޫސްކޮޅު އަޅާލުމަށް ފަހު ޓްރޭ އެއްގަ ބޭކިންގ ޕޭޕަރ އެޅުމަށް ފަހު ޓްރޭ ގެ އެތެރެއަށް ކޭކު ފުށްގަނޑު އަޅާލާނީއެވެ. 

އެއަށް ފަހު އެޓްރޭއަށް ވުރެއް ބޮޑު ޓްރޭ އަކަށް ފެން އަޅާނީއެވެ. ދެން ކޭކް ޓްރޭ މީގެ ތެރެޔައް ލުމަށް ފަހު އެއް ގަޑިއިރުވަންދެން އަވަނުން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާނީއެވެ. 

މި ކޭކަކީ ރަމަޟާން މަހު ތައްޔާރު ކޮށްލަން ވަރަށް ތަފާތު، އެހެން ފޮނި ކާތަކެއްޗާ މުޅިން ތަފާތު މީރު ރަހައެއް ލާ ކޭކެކެވެ.

ޖިގްލީ ޗީޒްކޭކް.
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް