ކ. މާލެ
|
6 މެއި 2019 | ހޯމަ 22:36
ދޮންކެޔޮ
ދޮންކެޔޮ
މުހައްމަދު ޝަރުހާން
ރޯދައާއި ސިއްހަތު
ދޮންކޭލުގައި ހައިރާން ކުރުވަނިވި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ!
 
ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމްގެ ސަބަބުން ބްލަޑް ޕްރެޝަރ ދަށްކޮށްދޭ
 
ދޮންކޭލުގައި ފެޓްސް އަދި ކުލޮސްޓްރޯލް އެއްވެސް ވަރަކަށް ނުހިމެނޭ

ދޮންކޭލަކީ މީރު މޭވާއެކެވެ. ދޮންކޭލަކީ ހަށިގަނޑަށް ފައިދާ ހުރި ގުދުރަތީ މާއްދާތަކެއް ގިނަ އަދަދަކަށް އެކުލެވޭ އެއް މޭވާއެވެ. ދޮންކޭލުގެ ސައިންޓިފިކް ނަމަކީ "މޫސަ އެކިޔުމިނަޓާ" އެވެ.  

ދޮންކޭލުގައި ހިމެނޭ ސިއްހަތަށް ފައިދާހުރި މާއްދާތަކުގެ ތެރޭގައި ޕްރޮޓީން، މިނެރަލްސް، ޕޮޓޭސިއަމް، ކާބޯހައިޑްރޭޓްސް، ޑައިޓްރީގެ އިތުރުން  ފައިބަރ ހިމެނެއެވެ. ދޮންކޭލުގައި އެކުލެވޭ ފައިބަރުގެ ސަބަބުން ބަނޑުހައިވުން ކޮންޓްރޯލްކޮށްދީ ބަނޑުހައިކަން އިހްސާސް ވުން ދުރުކޮށްދެއެވެ. އެހެންކަމުން ހިކެން ބޭނުންވާ މީހުންނަށް ދޮންކޭލަކީ ބޭނުންތެރި ކާނާއެކެވެ. އަދި ބަނޑާއި ގޮހޮރުގެ ބަލިތަކުން ދުރުކޮށްދޭ ވަސީލަތެކެވެ. އެގޮތުން ބަނޑުގައި އުފެދޭ ގޭހުގެ މައްސަލަތަކާއި ގޮހޮރުގައި ފާރު އުފެދުމުން  ދުރުކޮށްދެއެވެ.

ދޮންކޭލުގައި ހިމެނޭ ޕްރޮޓީންތަކަށް ބަލާލާއިރު ވިޓަމިން ސީ، ބީ، ސިކްސްގެ އިތުރުން ރޮބޮފްލެވިން ހިމެނެއެވެ. މި މޭވާގައި ހިމެނޭ މިނެރަލްސްގެ ތެރޭގައި ފޮސްފަރެސް، ކެލްސިއަމް، މެގްނީޒިއަމް، މެންގަނިސްގެ އިތުރުން ކޮޕަރ ހިމެނެއެވެ.

މީގެ އިތުރުން ވެސް ދޮންކެޔޮ ވެފައި ވަނީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި މަޤްބޫލް ކާނާ އަކަށެވެ. ސަބަބަކީ ދޮންކެޔޮ ކެއުމުގެ ސަބަބުން ހަށިހަނޑުގައި ވަރު ޖައްސައި ދޭތީއެވެ.

ދޮންކޭލުގެ އެންމެ މުހިއްމު އެއް ފައިދާއަކީ އޭގައި އެކުލެވޭ ސިއްހަތަށް ފައިދާ ހުރި ކާރބޮހައިޑްރޭޓްސްއެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިބި ހަރަކާތްތައް ހަލުއިވެ، މީހާއަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.

ޔޫއެސްއޭގެ ހައިޕަރ ޓެންޝަން އިންސްޓިޓިއުޓުން  ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ބްލަޑް ޕްރެޝަރ މެނޭޖު ކުރުމުގައި ޕޮޓޭސިއަމްގެ ރޯލް ވަރަށް ބޮޑު ކަމަށާއި އަދި ދޮންކޭލުގައި އެންމެ ގިނައީ ޕްޓޭސިއަމް ކަމަށެވެ. އަދި ޕޮޓޭސިއަމްގެ ސަބަބުން ބްލަޑް ޕްރެޝަރ ދަށްކޮށްދެއެވެ.

ދޮންކޭލުގައި ފެޓްސް އަދި ކުލޮސްޓްރޯލް އެއްވެސް ވަރަކަށް ހިމެނިފައި ނުވާއިރު ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ދޮންކެޔޮ ޑައިޓެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އެކި ކުލަ ކުލައިގެ ދޮންކެޔޮ ހުންނައިރު އޭގެ ތެރޭގައި ފެހި ކުލަޔާއި، ރަތްކުލަޔާއި، ރީނދޫކުލައިގެ އިތުރުން މުށި ކުލައިގެ ދޮންކެޔޮ ހިމެނެއެވެ

ދޮންކޭލުން ތާފަތު ބާއްވަތްތަކުގެ ކާބޯތަކެތި އުފެއްދޭއިރު ދޮންކޭލަކީ އެހެން މޭވަތަކާއި ޚިލާފަށް ދޮންވުމުގެ ކުރިން ޅަކޮށް ހުންނައިރު ވެސް ތަފާތު އެކިބާވަތްތަކުގެ ކާނާ ތައްޔާރު ކުރެވޭ މޭވާއެކެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
25%
25%
0%
0%
0%
50%
ކޮމެންޓް
3 މެއި 2019 | ހުކުރު 08:55
Sakeena
?Koba nookulaige dhonkeyluge vaahaka