ކ. މާލެ
|
26 ފެބްރުއަރީ 2017 | އާދީއްތަ 12:33
ައަފްޣާނިސްތާން: އަދިވެސް ހަނގުރާމަ ނިމިފައެއް ނުވޭ
ައަފްޣާނިސްތާން: އަދިވެސް ހަނގުރާމަ ނިމިފައެއް ނުވޭ
އޭއެފްޕީ
އަފްޣާނިސްތާން
އަފްޣާނިސްތާނުގައި 10 ފުލުހަކާއި ކޮމާންޑަރެއްގެ އަންހެނުން މަރާލައިފި
 
މިހަމަލާގެ ތުހުމަތު އަޅުވާފައިވަނީ އައިސިސްގެ ބޮލުގައި

އަފްޣާނިސްތާންގެ މިސްކިތެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާއެއްގައި އެޤައުމުގެ 10 ފުލުސް އޮފިސަރުނާއި ކޮމާންޑަރެއްގެ އަނބިކަންބަލުން މަރާލައިފި އެވެ. 

މިއީ ތާލިބާނުންގެ ހަނގުރާމަވެރިންގެ އުޅޭ ހިސާބެކެވެ.

ޖައުޒްޖާން ޕްރޮވިންސްގެ ގަވަނަރުގެ ތަރުޖަމާން މުހައްމަދު ރިޒާ ޣަފޯރީ ހޮނިހިރު ދުވަހު ވިދާޅުވި ގޮތުގައި އެމީހުން މަރުވެފައިވަނީ ހުކުރު ދުވަހު މިސްކިތުން ފައިބައިގެން އަންނަނިކޮށް މިސްކިތުގެ ބޭރުން ކަމަށެވެ.

ޣަފޯރީ ވިދާޅުވީ ފުލުސް ކޮމާންޑަރުގެ އަންހެނުން މަރުވީ އޭނާގެ ފިރިކަލުންގެ ގަޔަށް ހަމަލާއެރުމުން އެދިމާލަށް ދިޔަ ވަގުތު ބަޑިޖެހުމުން ކަމަށެވެ.

އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި މިހަމަލާއަކީ އައިސިސްގެ ބަޔަކު ޖާނުން ފިދާވެގެން ދިން ހަމަލާއެކެވެ. ނަމަވެސް ޒަބީހުﷲ މުޖާހިދުގެ ތަރުޖާމާން ޓްވިޓަރގައި ބުނެފައިވާ ގޮތުގައި އެޖަމާއަތުން ވަނީ 10 ފުލުހަކު މަރާލާ އެސަރަހައްދު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އައިސިސްއާ ގުޅުން އޮންނަ ހަނގުރާމަވެރިން ދަނީ އިރުމަތީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިހާރު އުތުރު އަފްޣާންގައިވެސް ދަނީ ހަރަކާތްތެރިވާން ފަށާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް