ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 18:29
އައިޓީބީ ފެޔަރ
އައިޓީބީ ފެޔަރ
ގޫގުލް
އައިޓީބީ ފެޔަރ
އައިޓީބީގައި 88 ކުންފުނިން ބައިވެރިވޭ: އެމްއެމްޕީއާރްސީ
 
މިދިޔަ އަހަރު ރާއްޖެއަކީ ހޯސްޓް ކަންޓްރީ

އައިޓީބީ ބާލިން ފެއަރގާ 88 ކުންފުނިން ބައިވެރިވާ އިރު އެފަރާތްތަކަށް ފެއަރގާ ގުޅޭ މައުލޫމާތުތައް ދިނުމަށް ޕްރީ މީޓީން މިދިޔަ ހަފްތާގައި ބާއްވާފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އެސިސްޓެންޓް ޑިރެކްޓަރ ރީނާ އަބްދުލް ވާހިދު ވިދާޅުވީ، އައިޓީބީ ފެޔަރ 2017ގާއި ރާއްޖެއިން މިއަހަރު 88 ކުންފުންޏަކުން 260 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށެވެ.

މިއަހަރު ވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ލިޔެލާ ޖެހުމާއި ތާނަ ލިޔުމުގެ ހަރަކާތްތަކެއް ދައްކާލުމުގެ އިތުރުން މޯލްޑިވިއަން ނައިޓެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ނައިޓްގާ ސަގާފީ ކުޅިވަރުތައް ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމާ ގުޅޭ ފެޔަރ ކަމުގައިވާ އައިޓީބީ ފެޔަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗު މަހުގެ 8 އިން 12 އަށެވެ.

މިދިޔަ އަހަރު ބޭއްވި އައިޓީބީ ފެޔަރގާ ދުނިޔޭގެ 100އަށް ވުރެ ގިނަ ޤައުމުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖެއިން ވެސް 96 ކުންފުންޏަކުން 260 ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

މިދިޔަ އަހަރަކީ އައިޓީބީގެ 50 ވަނަ ގޯލްޑަން ޖުބުލީ ފާހަގަކުރި އަހަރެވެ. އަދި ރާއްޖެވަނީ ހޯސްޓް ކަންޓްރީގެ ގޮތުގާ ތަމްސީލުކޮށްފަ އެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް