ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 17:20
އެމެރިކާގެ ރައީސް ޓްރަމްޕް ތަގުރީރުކުރައްވަނީ
އެމެރިކާގެ ރައީސް ޓްރަމްޕް ތަގުރީރުކުރައްވަނީ
ގޫގުލް
ވައިޓް ހައުސް
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
 
ބީބީސީ، ސީއެންއެން، ނިއުޔޯކް ޓައިމްސް ނޫސްވެރިންގެ ބައްދަލު ވުމަށް ވައްދާފައެއް ނުވޭ

ވައިޓް ހައުސްގައި ހުކުރު ދުވަހު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލުވުމަކަށް ދުނިޔޭގެ ބައެއް މަޝްހޫރު ބޮޑެތި މީޑިއާތައް ވަނުން ހުއްޓުވައިފިއެވެ.

ހުކުރު ދުވަހު ބޭއްވި ނުރަސްމީ ނޫސްވެރިންގެ ބައްދަލު ވުމަށް ބީބީސީ، ސީއެންއެން، ނިއުޔޯކް ޓައިމްސް އައުން ހުއްޓުވީ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އެކަމަށް އެއްވެސް ސަބަބެއް ދެއްކުމަކާ ނުލައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ބައެއް ނޫސްވެރިން ވަނުން ހުއްޓުވިއިރު، އެ ބައްދަލުވުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް މީޑިއާ އަށް ފާޑުވިދާޅުވިތާ މަދު ގަނޑިއިރުތަކެއްގެ ތެރޭގައި ބޭއްވި ބައްދަލުވުމެކެެވެ.

ރައީސް ޓްރަމްޕް މީޑިއާ އަށް ފާޑުވިދާޅުވަމުން ވިދާޅުވީ "ފޭކް ނިއުސް" އަކީ "ރައްޔިތުންގެ ދުޝްމަނުން ކަމަށެވެ." މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ސީދާ ސީއެންއެން އަށް އަދި ނިއުޔޯކް ޓައިމްސް އަށް، އެތަންތަނުގެ ނަން ވިދާޅުވެ ފާޑުވިދާޅުވެފައެވެ.

ރައީސް ޓްރަމްޕުގެ ކޭމްޕޭން ތެރޭގައި އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ރަޝިއާގެ އިންޓެލިޖެންސްއާ ގުޅުން ބޭއްވި ކަމަށް މީޑިއާގައި ފެތުރިފައިވާ ރިޕޯޓްތަކަކީ ރައީސް ޓްރަމްޕް ވަރަށް ހިއްޕުޅާ ނުވާ ކަމަކަށް ވަނީ ވެފައެވެ.

ހުކުރު ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ބައެއް މީޑިއާތައް ނުވެއްދީ ކީއްވެގެންތޯ ސުވާލު ކުރުމުން ޕްރެސް ސެކެޓްރީ ވިދާޅުވެފައި ވަނީ "ރިޕޯޓަރުންގެ ޕޫލް ބޮޑު ކުރުމަކީ އޭނާގެ ނިންމުމެއް،" ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު