ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 17:13
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް، އައިސިސް އަށް އިރާގުގައި ހަމަލާ ދިނުމަށް މިސްރާބު ޖަހަނީ
އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް، އައިސިސް އަށް އިރާގުގައި ހަމަލާ ދިނުމަށް މިސްރާބު ޖަހަނީ
ގޫގުލް
އައިސިސް
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
 
އިރާގުގެ ބައެއް ސަރަހައްދުތަކަށް އައިސިސް އިން ހަމަލާދީ ހިފުމާ ގުޅިގެން އިރާގު އަސްކަރިއްޔާއިން ދަނީ އައިސިސްއާ ދެކޮޅަށް ހަމަލާ ދެމުން

އިރާގުގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް)، ގެ ޓާގެޓްތަކަށް ބޮމުގެ ހަމަލާތައް ދީފިއެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރް އަލް-އަބަދީ ވަނީ އިރާގު ބޯޑަރުން ބޭރުގައި އައިސިސް އަށް ހަމަލާ ދިން ކަމަށް އެއްބަސްވެވަޑައިގެންފައެވެ.

"އަހަރުމެންގެ ރައްޔިތުން މަރަން މަސައްކަތް ކުރާ ޓެރަރިސްޓުންގެ ފަހަތުން ދުވަން. އެއީ ކޮންމެ ތަނެއްގައި ތިއްބަސް،" އެމެރިކާގެ މަދަދު ލިބެމުންދާ އަލް-އަބަދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އިރާގުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ސިރިޔާގައި ހަރަކާތްތެރިވާ އައިސިސްގެ ޓާގެޓުތަކަށް އިރާގު އެއާފޯސްއިން ފުރަތަމަ ފަހަރަށް ހަމަލާ ދޭން ފަށާފައިވާ ކަމަށާއި، މިހަމަލާތައް އިރާގު އަސްކަރިއްޔާއިން ދިނީ މި ފެބްރުއަރީ 15 އަދި 16 ގައި އިރާގުގެ ބަގްދާދަށް އައިސިސްއިން ހަމަލާ ދިނުމާ ގުޅިގެން ކަމަށެވެ.

އިރާގުގެ ބައެއް ސަރަހައްދުތަކަށް 2014 އިން ފެށިގެން އައިސިސް އިން ހަމަލާދީ ހިފުމާ ގުޅިގެން އިރާގު އަސްކަރިއްޔާއިން ދަނީ އައިސިސްއާ ދެކޮޅަށް ހަމަލާ ދެމުންނެވެ.

އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، މޫސަލްގައި އިރާގު ސިފައިން، އައިއެސްއާ ދެކޮޅަށް ހަމަލާދީ، ދަނީ ކުރި ހޯދަމުންނެވެ. އެގޮތުން އައިއެސް އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި، މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައެވެ. އިރާގުގެ އިރުމަތީ މޫސަލް، އަސްކަރިއްޔާއިން ވަނީ މިދިޔަ މަހު އަލުން ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް