ކ. މާލެ
|
25 ފެބްރުއަރީ 2017 | ހޮނިހިރު 03:55
މީރާ އޮފީސް
މީރާ އޮފީސް
އަޒުމޫން އަހުމަދު
މީރާގެ އާމްދަނީ
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް
 
ބިޒްނަސް ޕްރޮފިޓް ޓެކްސް 43.2 ޕަސެންޓް ހިއްސާކުރޭ

މިދިޔަ ޖެނުއަރީ މަހު މީރާއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު އާމްދަނީގެ އެންމެ ބޮޑު ބައި ހިއްސާކުރަނީ ވިޔަފާރިތަކުން ލިބޭ ފައިދާ އިން ނަގާ ޓެކްސް އިން ކަމަށް މީރާއިން ހާމަކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ އިން ބުނެފައިވަނީ، މީރާ އަށް ރެކޯޑް މިންވަރަކަށް ޖެނުއަރީ މަހު އާމްދަނީއެއް ލިބިފައިވާ އިރު 43.2 ޕަސެންޓް ހިއްސާކުރަނީ، ބިޒްނަސް ޕްރޮފިޓް ޓެކްސް ކަމަށެވެ.

މީރާއަށް ލިބުނު އާމްދަނީގެ 34 ޕަސެންޓް ހިއްސާކުރަނީ މުދަލާ ތަކެތީގެ އަގުން ނަގާ ޓެކްސްއެވެ. އަދި  ލޭންޑް އެކުއިސިޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީގެ 8.8 ޕަސެންޓް ހިއްސާކުރާ ކަމަށް މީރާ އިން ބުނެ އެވެ.

ޖެނުއަރީ މަހު އެއްއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވެސް ވަނީ 66 މިލިއަން ރުފިޔާ މީރާއަށް ލިބިފަ އެވެ. މިއީ  2016 ވަނަ އަހަރާ އަޅާ ބަލާ އިރު ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ  ބޮޑު އަދަދެކެވެ.

މީރާ އިން ރެކޯޑް މިންވަރަކަށް ޖެނުއަރީ މަހު އާމްދަނީ ހޯދާފައިވާ އިރު މިއީ މަހަކު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރު ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ. އަދި އެކަން މީރާ އިން ފާހަގަކޮށްފައި ވެސް ވެ އެވެ.

މީރާއަށް ޑޮލަރުގެ ގޮތުގައި ވެސް ވަނީ 66.5 މިލއަންގެ އާމްދަނީއެއް ޖެނުއަރީމަހު ލިބިފަ އެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް