ކ. މާލެ
|
24 ފެބްރުއަރީ 2017 | ހުކުރު 04:01
ޕާކިސްތާނުގެ ލާހޫރުގައި މިއަދު ބޮމުގެ ހަމަލާއެއް ދިން ހިސާބު
ޕާކިސްތާނުގެ ލާހޫރުގައި މިއަދު ބޮމުގެ ހަމަލާއެއް ދިން ހިސާބު
ގޫގުލް
ޕާކިސްތާން
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
 
ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވޭ
 
މި ހަމަލާގައި 17 މީހަކު ޒަޚަމްވެފައިވޭ

ޕާކިސްތާނުގެ އިރުމަތީގައި އޮންނަ ލާހުރުގައި ބުރާސްފަތި ދުވަހު ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރުވެ، 17 މީހަކު ޒަޚަމްވެއްޖެއެވެ.

މަތީފެންވަރުގެ ބުޓީކްތަކާއި، ކެފޭ ރެސްޓޯރަންޓްގެ އިތުރުން ބައިނަލްއަޤުވާމީ ބައެއް ކުންފުނިތަކުގެ ފިހާރަތަކާއި ޓްރެއިނިން އިންސްޓިޓިއުޓްތައް ވެސް ގިނަ، ސަރަޙައްދެއްގައި މިފަދަ ހަމަލާއެއް ދީފައިވާއިރު، މި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން، ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ދަނީ މިފަދަ ހަމަލާތައް ދެމުންނެވެ. ބުރާސްފަތި ދުވަހުގެ ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވި ނަމަވެސް، މި މަހު ޕާކިސްތާނުގައި ދެމުންދާ ހަމަލާތަކުގެ ޒިންމާ ޠާލިބާނާއި، ދައީޝް (އައިސިސް) ޖަމާޢަތުން ވަނީ ނަގާފައެވެ.

މިއަދުގެ ހަމަލާ ދީފައިވަނީ 20 ކިލޯގެ ގޮވާތަކެތި ބޭނުންކޮށްގެން ކަމަށާ، ނަމަވެސް ގޮއްވާލި ބޮމަކީ، ޓައިމް ބޮމެއްކަމެއް ނުވަތަ ރިމޯޓް ކޮންޓްރޯލްޑް އައިއީޑީއެއްކަން އަދި ކަށަވަރު ނުކުރެވޭ ކަމަށް ޕާކިސްތާނު ފުލުހުންގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

މި މަހު ހަނގުރާމަވެރި ޖަމާޢަތްތަކުން ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ދެމުންދާ ހަމަލާތަކާއި ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ފަށާފައިވާ ޚާއްސަ އޮޕަރޭޝަން މިއަދުގެ ހަމަލާއަށްފަހު ވަނީ ވަރުގަދަކޮށްފައެވެ. ޕާކިސްތާނުގެ ސިފައިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އެކި އެކި ނިރުބަވެރި ޖަމާޢަތްތަކަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާއިރު، ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރުވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ރާދް އަލް ފަސާދްގެ ނަމުގައި ޕާކިސްތާނު އަސްކަރިއްޔާއިން ލާހޫރުގައި ފަށާފައިވާ މި އޮޕަރޭޝަނަކީ، ޕާކިސްތާނުގެ ތާރީޙުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ލާހޫރުގައި ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަންއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް