ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 23:42
ބޭންކް އޮފް މޯލްޑިވްސް ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވުން
ބޭންކް އޮފް މޯލްޑިވްސް ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވުން
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
 
މި ދެ ބްރާންޗްގައި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގޭނެ

ބޭންކް އޮފް މޯލްޑިވްސްއިން އަތޮޅުތަކަށް ޚިދުމަތް ފުޅާކުރުމުގެ ގޮތުން ހއ ހޯރަފުށި އަދި އިހަވަންދޫގައި ބްރާންޗް ހުޅުވައިފިއެވެ.  

 

ބުރާސްފަތި ދުވަހު މި ދެ ބްރާންޗްގައި 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ރަސްމީ ގަޑީގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތައް އަދި ކާޑުގެ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. 

 

މި ބްރާންޗްތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު މި ދެ ރަށުގައި ދެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މި ބްރާންޗްތައް ހުޅުވުމަށްފަހު ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި ހުޅުވި އާ ބްރާންޗްތައް މެދުވެރިކޮށް ހޯރަފުށި އަދި އިހަވަންދޫގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އަދި ރަށުގެ އިޤްތިސާދަށް ރަގަޅު ފައިދާއެއް ކުރެވުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

 

މި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ އެކި ރަށްރަށުގައި އިންވެސްޓްކުރާ މިންވަރު ދެގުނައަށް މަތިކޮށް 150 އަށްވުރެ ގިނަ ވަޒީފާ އުފެއްދުމަށް ނިންމާފައިވާ ޕްރްގްރާމްގެ ތެރޭގައި ހިމެނޭ އިންވެސްޓްމަންޓްތަކެއް ކަމަށް އެންޑްރޫ ވިދާޅުވި އެވެ. 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް