ކ. މާލެ
|
23 ފެބްރުއަރީ 2017 | ބުރާސްފަތި 16:47
އދގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް
އދގެ ސެކްރެޓަރީ ޖެނެރަލް ގުޓަރޭސް
ގޫގުލް
އދގެ އިންޒާރު
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
 
ޔަމަނާއި، ސޮމާލިޔާ، ދެކުނު ސޫދާން އަދި ނައިޖީރިޔާ ކުރިއަށް އޮތް ހަމަސް ތެރޭ ބަނޑަށް ޖެހޭނެ ކަމަށް އދ އިން ވަނީ ކަނޑައަޅާ

ބައިނަލްއަގްވަމީ ދުނިޔެއިން ހުއްޓުވަން މަސައްކަތް ނުކޮށްފިނަމަ ދުނިޔޭގެ ހަތަރު ގައުމެއްގެ 20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަން ޖެހޭނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ބުދަދުވަހު ވިދާޅުވެއްޖެއެވެ.

އދގެ މައި މަރުކަޒުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ގުޓޭރަސް ވިދާޅުވީ ޔަމަނާއި، ސޮމާލިޔާ، ދެކުނު ސޫދާން އަދި ނައިޖީރިޔާގެ ހާލަތު ވަރަށް ގޯސް ކަމަށާއި އެތައް މިލިއަން މީހުން މިހާރުވެސް ތިބީ މަރުގެ ތުންފަތްމަތީގައި ކަމަށާއި އަދި ނުރައްކާތެރި ބަލިތަކަށް ހުށަހެޅިފައި ކަމަށާއި، ހާލުގައި ޖެހިފައި ތިބި މީހުންނަށް މަޖުބޫރުވެފައި ވަނީ ބަނޑުފުރާނަމުއްތި ކުރުމަށްޓަކައި އެމީހުން ގެންގުޅޭ ޖަނަވާރުތައް ވެސް ކަތިލައިގެން ކެއުމަށް ކަމަށެވެ.

ގުޓަރޭސް އިތުރަށް ވިދާޅުވީ ބަނޑުހައިހޫނުކަމަށް ހުށަހެޅިފައިވާ 20 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި، ބޭހާއި، އަންނައުނުފަދަ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް 4.4 ބިލިޔަން ޑޮލަރުގެ ހިލޭ އެހީ އދ. އަށް ބޭނުންވާ ކަމަށެވެ. ޔަމަނާއި، ސޮމާލިޔާ، ދެކުނު ސޫދާން އަދި ނައިޖީރިޔާ ކުރިއަށް އޮތް ހަމަސް ތެރޭ ބަނޑަށް ޖެހޭނެ ކަމަށް އދ އިން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް