ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 20:18
އަވަހާރަވެފައިވާ އެމްބެސެޑަރ ވިޓަލީ ޗާކިން
އަވަހާރަވެފައިވާ އެމްބެސެޑަރ ވިޓަލީ ޗާކިން
ގޫގުލް
ރަޝިއާ
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
 
ވިޓަލީ ޗާކިން އަވަހާރަވެފައިވަނީ 64 އަހަރުފުޅުގައި، މިދިޔަ ހޯމަ ދުވަހު

ރަޝިއާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ވިޓަލީ ޗާކިން އަވަހާރަވެފި ސަބަބު ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ ކަމަށް އޭނާގެ އޯޓޮޕްސީ ހެއްދެވި މެޑިކަލް އެގްޒެމިނަރުން ބުނެފިއެވެ.

ވިޓަލީ ޗާކިން އަވަހާރަވެފައިވަނީ 64 އަހަރުފުޅުގައި، މިދިޔަ ހޯމަ ދުވަހުއެވެ. އޭނާއަކީ އދ. ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ސެކިއުރިޓީ ކައުންސިލްގައި އެންމެ ގިނަ ދުވަސްވަންދެން ޚިދުމަތް ކުރެއްވި އެމްބެސެޑަރެެވެ.

ރަޝިއާ އިން ޗާކިންގެ ޖަނާޒާ އޮންނާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވެއެވެ. ރަޝިއާގެ ޚާރިޖިއްޔާގައި ގިނަ މަގާމްތަކެއް ފުރުއްވި ޗާކިން ވަނީ މީގެ ކުރިން ބެލްޖިއަމް، ކެނެޑާ، ނޭޓޯ އަށް ރަޝިޔާ އިން ކަނޑައަޅުއްވާފައިވާ އެމްބެސެޑަރގެ މަގާމު އަދާކުރައްވާފަ އެވެ. ޗާރކިން އަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ދެ ބޭފުޅުންގެ ތެރެއިން އަންހެން ދަރިފުޅު، އަނަސްތާޝިޔާ ޗާރކީނާ އަކީ ރަޝިޔާ ޓުޑޭގެ ރިޕޯޓަރެކެވެ.

ޗާކިން އަވަހާރަވުމާއި ގުޅިގެން ޚަރިޖީ ދާއިރާގައި އުޅުއްވާ ބޭފުޅުން އޭނާއާ ބެހޭގޮތުން ވިދާޅުވެފައި ވަނީ އޭނާއަކީ އޭނާގެ "ދާއިރާގެ މާސްޓަރެއް" ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް