ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 17:06
ފުލުހުންގެ ޗީފް ޚާލިދް އަބޫ ބަކްރު ވިދާޅުވީ ތުހުމަތު ކުރެވޭ އުތުރުކޮރެއާގެ މީހާ ފެނިފައިވާ ކަމަށް
ފުލުހުންގެ ޗީފް ޚާލިދް އަބޫ ބަކްރު ވިދާޅުވީ ތުހުމަތު ކުރެވޭ އުތުރުކޮރެއާގެ މީހާ ފެނިފައިވާ ކަމަށް
ގޫގުލް
ނަމްގެ މަރު
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
 
ތުހުމަތު ކުރެވޭ އެކަކީ މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ

ކިމް ޖޮންގ ނަމް އަވަހާރަކޮށްލުމުގައި ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށް މެލޭޝިއާއިން ހޯދަމުންދާ އުތުރުކޮރެއާގެ ރައްޔިތަކީ ކުއާލަ ލަމްޕޫރުގައި ހުންނަ ކޮރެއާ އެމްބަސީގައި މަސައްކަތް ކުރާ މީހެއް ކަމަށް މެލޭޝިއާގެ ފުލުހުން ބުނެފިއެވެ.

ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ އަވަހާރަކޮށްލާފައިވަނީ ފެބްރުއަރީ މަހުގެ 13 ވީ ހޯމަ ދުވަހު ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މަކާއޯއަށް ފުރަން ވަޑައިގެން ފްލައިޓަށް މަޑުކޮށްލައްވައިގެން ހުންނަވަނިކޮށެވެ.

ފުލުހުންވެސް މިހާރު ވަނީ އޭނާ އަވަހާރަކޮށްލެވުނު ގޮތުގެ ތަފްސދީލް ދީފައެވެ. ފުލުހުން ބުނެފައިވަނީ އޭނާ މަރާލާފައިވަނީ ދެ އަންހެނަކު އޭނާގެ މޫގައި ވިހަ އެއްޗެއް އުނގުޅައިގެންކަމަށެވެ.

ނަމް އަވަހާރަކޮށްލާފައިވަނީ އުތުރުކޮރެއާއިން ކަމަށް ތުހުމަތުތައް ކުރެވެވުން ދާއިރު އެގައުމުން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބުވަނީ އެވާހަކަ ރުޅިވެރިކަމާއެކު ދޮގުކުރައްވާފައެވެ.

ކުއާލަލަމްޕޫރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެގައުމުގެ ފުލުހުންގެ ޗީފް ޚާލިދް އަބޫ ބަކްރު ވިދާޅުވީ ތުހުމަތު ކުރެވޭ އުތުރުކޮރެއާގެ މީހާ ފެނިފައިވާ ކަމަށެވެ.

ތުހުމަތު ކުރެވޭ އެކަކީ މެލޭޝިއާގައި ހުންނަ އުތުރު ކޮރެއާގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ކަމަށްވާއިރު ދެވަނަ މީހަކީ އުތުރުކޮރެއާގެ ދައުލަތުގެ އެއާލައިން، އެއާ ކޮރްޔޯ އާ ގުޅިފައިވާ މީހެކެވެ.

އޭނާ ވިދާޅުވީ ތުހުމަތު ކުރެވޭ އުތުރު ކޮރެއާގެ ހަތަރުވަނަ މީހާ މިހާރު އެގައުމު ދޫކޮށް އުތުރުކޮރެއާއަށް ގޮސްފައިވާކަމަށް ބެލެވޭ ކަމަށެވެ.

އުތުރު ކޮރެއާގެ އެއް ރައްޔިތަކު މިހާރުވެސް ހުރީ މެލޭޝިއާގެ ފުލުހުން ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން އިންޑޮނޭޝިއާގެ އަންހެނަކާ ވިއެޓްނާމުގެ އަންހެނަކު ހުރީ ހައްޔަރުކޮށްފައެވެ.

މެލޭޝިއާގެ އިދާރާތަކުން މިހާރު އިންތިޒާރު ކުރަމުން ދަނީ ނަމްގެ ހަށިގަނޑުގެ ޕޯސް މޯޓަމް ތަހުލީލުތަކުގެ ރިޕޯޓް އަދި އާއިލާގެ މެމްބަރެއްގެ ޑީއެންއޭ ލިބޭނެ ވަގުތަކަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް