ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 16:09
ހޮންކޮންގގެ ލީޑަރަކަށް ސަންގް ހުންނެވީ 2005 ން ފެށިގެން 2012 އަށް
ހޮންކޮންގގެ ލީޑަރަކަށް ސަންގް ހުންނެވީ 2005 ން ފެށިގެން 2012 އަށް
ގޫގުލް
ޑޮނަލްޑް ސަންގް ޖަލަށްލުން
ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
 
މި އަމަލު ސަންގް ހިންގަވާފައިވަނީ އޭނާގެ ދައުރުގެ ފަހު އަހަރުތަކުގައި

ޗައިނާގައި ހުރި މަތީފަންތީގެ ފްލެޓްތަކެއް ވިއްކުމުގައި ހޮންކޮންގގެ ކުރީގެ ލީޑަރު ޑޮނަލްޑް ސަންގްގެ އުސޫލުތަކާ ޚިލާފް އަމަލުތަކެއް ހިންގެވިކަން ސާބިތުވެ 20 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ހޮންކޮންގގެ ލީޑަރަކަށް ސަންގް ހުންނެވީ 2005 އިން ފެށިގެން 2012 އަށެވެ.

މިއީ ހޮންކޮންގެ މިހާ އިސްބޭފުޅަކަށް ޝަރީއަތް ކުރެވުނު ފުރަތަމަ ފަހަރެވެ.

ކޮރަޕްޝަން މަދު ސާފު ބައެއްގެ ގޮތުގައި ފަޚުރުވެރިވަމުންދާ ހޮންކޮންއަށް މި މައްސަލައަކީ ހިތްދަތި މައްސަލައެކެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު އެންޑްރޫ ޗަން ވިދާޅުވީ އޭނާގެ ޝަރުއީދާއިރާގެ ހަޔާތުގައި ދުވަހަކު ވެސް އެހާ މަތީ މަގާމެއް ފުރުއްވި ބޭފުޅެއްގެ މައްސަލަ ބައްލަވަން ޖެހިވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާ ފަދަ މި އަމަލު ސަންގް ހިންގަވާފައި ވަނީ އޭނާގެ ދައުރުގެ ފަހު އަހަރުތައް ކަމަށްވާ  2010އާއި 2012 އާ ދެމެދުއެވެ.

ޕްރޮސިކިއުޓަރުން ސަންގގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މަސްލަހަތު ހާމަނުކޮށް އަދި އެކަށީގެން ނުވާ ގޮތަށް ޗައިނާގެ ބްރޯޑްކާސްޓިންގ ކުންފުންޏެއްގެ ހިއްސާދާރެއްގެ އަތުން ޗައިނާއިން އަގުބޮޑު ފްލެޓެއް ކުއްޔަށް ނެންގެވި ކަމަށެވެ.

އެ ކުންފުނީގެ ލައިސަންސް ދޫކޮށްފައިވަނީ ސަންގއެވެ. އަދި ފަހުން އެ ފްލެޓް މަރާމާތުކޮށް ރީތިކޮށްދީފައިވަނީ ވެސް ހިލޭ ކަމަށް ޕްރޮސިކިއުޓަރުން ތުހުމަތު ކުރެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް