ކ. މާލެ
|
22 ފެބްރުއަރީ 2017 | ބުދަ 15:20
ރައީސް ޓްރަމްޕް އާ ސެކިޔުރިޓީ އެޑްވައިޒަރާ ސަލާމް ކުރައްވަނީ
ރައީސް ޓްރަމްޕް އާ ސެކިޔުރިޓީ އެޑްވައިޒަރާ ސަލާމް ކުރައްވަނީ
ގޫގުލް
އެމެރިކާ
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
 
ޓްރަމްޕް އެންމެ ފަހުން ސެކިޔުރިޓީ އެޑްވައިޒަރަކަށް އައްޔަން ކުރެއްވި މެކްމާސްޓާރގެ ކުރިން އެ މަގާމު އަދާ ކުރައްވާފައިވަނީ މައިކަލް ފްލިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެވުނު ލެފްޓިނެންޓް ޖެނެރަލް އެޗްއާރް މެކްމާސްޓަރ އަށް އޭނާ ބޭނުންފުޅުވާ ގޮތަށް އޭނާގެ ޓީމު ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" ރައީސް ޓްރަމްޕް ދެއްވާފައިވާ ކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަމްޕް އާ ސެކިއުރިޓީ އެޑްވައިޒަރު އައްޔަން ކުރެއްވިތާ އެއްދުވަސް ފަހުން، ވައިޓް ހައުސްގައި ރިޕޯޓަރުންނާ ވާހަކަފުޅުދައްކަވަމުން ޕްރެސް ސެކްރެޓަރީ ވިދާޅުވީ ރައީސް ޓްރަމްޕް އާ ސެކިއުރިޓީ އެޑްވައިޒަރަށް ސާފުކޮށްދެއްވައިފައިވަނީ، އާ ސެކިއުރިޓީ އެޑްވައިޒަރު މެކްމާސްޓަރ ބޭނުންފުޅުވާ ގޮތަށް އޭނާގެ ސެކިއުރިޓީ ޓީމް ބައްޓަން ކުރެއްވުމުގެ ފުރުސަތު އޮތްކަން ކަމަށެވެ. ވައިޓް ހައުސް އިން މިހެން ބުނެފައިވާއިރު ރައީސް ޓްރަމްޕް ދާދިފަހުން ސެކިއުރިޓީ އެޑްވައިޒަރަކަށް ހަމަޖައްސަވަން އުޅުއްވި ރިޓަޔާޑް ނޭވީ އެޑްމިރަލް، މަގާމް ގަބޫލުފުޅު ނުކުރެއްވީ އޭނާ ބޭނުންވާ ގޮތަށް އޭނާގެ ޓީމް ބައްޓަން ކުރެއްވުމުގެ ފުރުސަތު ނެތީމާ ކަމަށް ރިޕޯޓުތައް ފެތުރިފައިވެއެވެ. ޕްރެސް ސެކްރެޓަރީ އިތުރަށް ވިދާޅުވީ އާ ސެކިޔުރިޓީ އެޑްވައިޒަރަށް އޭނާ ބޭނުންވާ ޓީމް އެކުލަވާލުމުގެ ފުރުސަތު ދިނުމަށް މަދުދުވަސްކޮޅެއް ދޭންޖެހޭ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޓްރަމްޕް އެންމެ ފަހުން ސެކިޔުރިޓީ އެޑްވައިޒަރަކަށް އައްޔަން ކުރެއްވި މެކްމާސްޓާރގެ ކުރިން އެ މަގާމު އަދާ ކުރައްވާފައިވަނީ މައިކަލް ފްލިންއެވެ. އޭނާ އެ މާގާމުގައި ދެމިހުންނެވީ 24 ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް