ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 16:40
ރަޝިއާގެ ސިފައިން ސީރިޔާގައި ހަރަކާތްތެރިވަނީ
ރަޝިއާގެ ސިފައިން ސީރިޔާގައި ހަރަކާތްތެރިވަނީ
ގޫގުލް
ސީރިޔާ-ރަޝިޔާ
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
 
ރަޝިޔާގެ ސިިފައިން ހަމަލާ އަމާޒުވި ވަގުތު ދަތުރުކުރަމުން ދިޔައީ ތިޔާސް އެއާފީލްޑް އިން ހޮމްސް ސިޓީ އަށް

ސީރިޔާގައި ހަރަކާތްތެރިވާ ރަޝިޔާގެ ސިފައިންގެ ބަޔަކު ދަތުރުުކުރި ވެހިކަަލަކަށް ގޮވާތަކެތި ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ރަޝިއާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެއެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ މިހާދިސާގައި ސިފައިންގެ ހަތަރު މީހުން މަރުވެ އަދި ދެ ސިފައިން ޒަޚަމްވި ކަން ކަށަވަރުކޮށްދީފައެވެ. އަސްކަރިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިފައިން ދަތުރުކުރި ވެހިކަލް ގޮއްވާލާފައިވަނީ، ރޭޑިއޯ-ކޮންޓްރޯލްޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ( އައިއީޑީ) އެއް ބޭނުންކޮށްގެން ކަމަށާއި އެމީހުން ދަތުރު ކުރަމުން ދިޔައީ ސީރިއާގެ އަސްކަރިއްޔާގެ ކާރެއްގައި ކަމަށާއި، ސީރިޔާގެ އަސްކަރިއްޔާގެ ގިނަ ކާރުތަކެއް އެވަގުތު ރަޝިއާގެ ސިފައިން ދަތުރު ކުރި ކާރާއެކު ދިޔަ ކަމަށެވެ.

ރަޝިޔާގެ ސިިފައިން ހަމަލާ އަމާޒުވި ވަގުތު ދަތުރުކުރަމުން ދިޔައީ ތިޔާސް އެއާފީލްޑް އިން ހޮމްސް ސިޓީ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް