ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 20:19
އިރާނުގެ ދިދައިގެ ފަހަތުން ފެންނަނީ ތެޔު އުފައްދާ ޕްލެޓް ފޯމެއްގެ ބައެއް
އިރާނުގެ ދިދައިގެ ފަހަތުން ފެންނަނީ ތެޔު އުފައްދާ ޕްލެޓް ފޯމެއްގެ ބައެއް
ގޫގުލް
އިރާން
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
 
އިރާނަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެބޮޑު ތެލުގެ ރިޒާވް ހިމެނޭ ގައުމު

އީރާނުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ލޮރެސްތާނުން، ތެލުގެ ބާވަތެއް ކަމަށްވާ ޝޭލް ނަމަކަށް ކިޔާ ތެލުގެ ބާވަތެއް ފެނިއްޖެ ކަމަަށް އޮފިޝަލުން ބުނެފިއެވެ.

ދެ ބިލިއަން ބެރަލްސްގެ ތެލުގެ ރިޒާވް ފެނުނު ކަން ހާމަކުރައްވާފައި ވަނީ، އިރާނުުގެ ދައުލަތުން ހިންގާ ތެޔޮ ކުންފުންޏެއް ކަމަށްވާ ނެޝެނަަލް އިރާނިއަން އޮއިލް ކޮމްޕެނީ (އެންއައިއޯސީ) ގެ ޑެޕިއުޓީ ޑައިރެކްޓާ ފޯ އެކްޕްލޮރޭޝަން، ބަހްމާން ސުލެއިމާނީއެވެ. އިރާނުން އެތައް ބިލިއަން ބެރަލްސްގެ ތެޔޮ ފެނުނުކަން ހާމަކޮށްފައިވަނީ އިރާނުގެ ތަސްނިމް ނިއުސް އެޖެންސީންނެވެ. ސުލެއިމާނީއާ ހަވާލާދީ ތަސްނިމް ނިއުސް އެޖެންސީން ބުނީ "ޝޭލް އޮއިލް" ވަޅުތައް ހުރި ކަމަށް ބެލެވޭ ސަރަހައްދުތަކުގައި މިހާރު ވެސް ދިރާސާއެއް ހަދަމުންދާ ކަމަށެެވެ. އެ ދިރާސާތައް ނިމޭނީ މިއަހަރުގެ އޮކްޓޫބަރު މަހު ކަމަށް ސުލައިމާނީ ވިދާޅުވިއެވެ.

އިރާނަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެބޮޑު ތެލުގެ ރިޒާވް ހިމެނޭ ގައުމު ކަމަށްވާއިރު އިރާނުގައި މިހާރު ހުރި ކަމަށް ޔަގީންވާ ތެލުގެ ރިޒާވުގައި 160 ބިލިއަން ބެރަލްސް އެބަހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް