ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 17:00
އިރާގުގެ ފައުޖުތައްވަނީ މޫސަލް އެއާޕޯޓަ ކައިރިއަށް ޖެހިލާފައި
އިރާގުގެ ފައުޖުތައްވަނީ މޫސަލް އެއާޕޯޓަ ކައިރިއަށް ޖެހިލާފައި
ގޫގުލް
އިރާގުގެ ހ
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
 
ހަމަލާތައް ރަސްމީކޮށް އިއުލާނު ކުރައްވާފައިވަނީ އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ

އިރާގުގެ މޫސަލްގައި އައިއެސްގެ އަތްދަށުގައި އެންމެ ފަހުން އޮތް ސަރަހައްދު މިނިވަން ކުރުމަށް އިރާގު ސިފައިންގެ ފައުޖުތައް ކުރިއަރަމުންދާއިރު އެތައް އަވަށްތަކެއް އައިއެސްގެ އަތްދަށުން މިނިވަންކޮށްފިއެވެ

ވައިގެ މަގުން ދޭ ހަމަލާތަކުގެ އެހީއާއެކު އިރާގު ސިފައިންގެ އެތައް ސަތޭކަ އަސްކަރީ ވެހިކަލެއް އާދީއްތަ ދުވަހު ވަނީ އައިއެސް ހަނގުރާމަވެރިންގެ ޖަގަހަތަކާ ކައިރިއަށް ޖެހިލާފައެވެ.

އިރާގުގެ ދެވަނައަށް އެންމެ ބޮޑު ސިޓީގައި އިރާގު ސިފައިން ހޯދި ކުރިއެރުމާއެކު އެގައުމުގެ ސިފައިން މިހާރުވަނީ މޫސަލް އެއާޕޯޓަށް ހަމަލާ ދޭ ހިސާބަށް ގާތްވެފައެވެ.

އިރާގު ސިފައިންނާ އައިއެސް ހަނގުރާމަވެރިންނާ ދެމެދު ހަމަލާތައް ވަރުގަދަވެގެންދާއިރު ތާށިވެފައި ތިބި އެތައް ހާސް ޢާއްމުންގެ ރައްކާތެރިކަމާ މެދު ވަނީ ބިރު ހީވެފައެވެ.

މި ހަމަލާތައް ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީއެވެ.

އަސްކަރިއްޔާގެ މެމްބަރެއް ކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އަބްދުލްއަމީރް ޔާރަﷲ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެލީޓް ރެޕިޑް ރެސްޕޮންސް ޔުނިޓުން ދިން ހަމާލަތަކުން، މޫސަލް އެއާޕޯޓްގެ ދެކުނުން އޮންނަ އަތްބައަ އަދި އަލް ލައްޒާގާ ވިލެޖް ހިފާފައިވާ ކަމަށެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ