ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 16:21
ކަންގ ޗޮލް ވާހަކަތަކާއެކު މެލޭޝިއާގެ އިދާރާތައް ވަނީ ރުޅިގަދަވެފައި
ކަންގ ޗޮލް ވާހަކަތަކާއެކު މެލޭޝިއާގެ އިދާރާތައް ވަނީ ރުޅިގަދަވެފައި
ގޫގުލް
ކިމްޖޮންގ ނަމް އަވަހާރަކޮށްލުނ
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
 
ކަންގ ޗޮލް މިދި ހަފްތާގައި ވަނީ މެލޭޝިއާއިން ބޭރުގެ ހަނގުރާމަވެރި ފަރާތްތަކާ ސިއްރު ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރައްވާފަ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ ނަމްގެ އެއްބަފާ ކޮއްކޯފުޅު ކިމްޖޮންގ ނަމް އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ޕިޔޯންގް ޔަންގގައި ހުންނަވާ މެލޭޝިއާގެ މަންދޫބު އަނބުރާ ގައުމަށް ގެންދަވައިފިއެވެ.

މިދިއަ ހަފްތާގެ ހޯމަ ދުވަހު ކިމް ޖޮންގ ނަމް އަވަހާރަވެފައި ވަނީ އާދަޔާ ޚިލާފް ގޮތަކަށް ކަމަށްވާއިރު ފުލުހުން ބުނާ ގޮތުން ނަމް އަވަހާރަކޮށްލާފައިވަނީ ފްލައިޓަށް މަޑުކޮށްލައްވައިގެން އިންނަވަނިކޮށް މޫނަށް ވިހައެއް ސްޕްރޭކޮށްގެންނެވެ.

މެލޭޝިއާގެ ފުލުހުން ބުނާ ގޮތުން އެގައުމުން މިހާރުދަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އުތުރު ކޮރެއާގެ ހަތަރު މީހަކު ހޯދަމުންނެވެ.

ޕިޔޮންގް ޔަންގގައި ހުންނަވާ މެލޭޝިއާގެ މަންދޫބު މި މައްސަލަގައި ވިދާޅުވި ބަސްފުޅަކާ ގުޅިގެން މީގެ ކުރިން ވަނީ އުތުރު ކޮރެއާގެ ކަމާބެހޭ އިދާރާއަށް އޭނާ ހާޒިރުކޮށްފައެވެ.

މެލޭޝިއާގެ މަންދޫބު ކަންގ ޗޮލް މިދި ހަފްތާގައި ވަނީ މެލޭޝިއާއިން ބޭރުގެ ހަނގުރާމަވެރި ފަރާތްތަކާ ސިއްރު ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ހާމަކުރަންޖެހޭ ކަމެއް އެބަ އޮތް ކަމަށް އޭނާ ވަނީ ވިދާޅުވަފައެވެ.

މިވާހަކަތަކާއެކު މެލޭޝިއާގެ އިދާރާތަށް ވަނީ ރުޅިގަދަވެފައެވެ.

މެލޭޝިއާއަކީ އުތުރު ކޮރެއާއާއެކު ޚާރިޖީ ގުޅުން ބާއްވަމުން އަންނަ މަދު ގައުމުތަކުގެ ތެރެއިން އެއްގައުމެވެ. ނަމަވެސް މި ހާދިސާއަށް ފަހު އެ ގައުމާ ވެސް މިވަނީ ކުނި ޖެހިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް