ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 04:42
ސޯމާލިއާގެ ވެރިރަށް  މޮގަދިޝޫ: އާދީއްތަ ދުވަހު ވަނީ ބޮމެއް ގޮއްވާލާފައި
ސޯމާލިއާގެ ވެރިރަށް މޮގަދިޝޫ: އާދީއްތަ ދުވަހު ވަނީ ބޮމެއް ގޮއްވާލާފައި
އަލްޖަޒީރާ
ބޮން ގޮއްވާލުން
މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
 
ބޮމުގެ ސަބަބުން ޒަޚަމްވި މީހުން އިތުރުވާނެ ކަމަށް ބެލެވޭ

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ކާރޫބާރޫ ބޮޑު މާރުކޭޓެއްގައި ގޮއްވާލި ބޮމެއްގައި ވިއްސަށްވުރެ ގިނަ މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޑިސްޓްރިކްޓް ކޮމިޝަނަރ އަހުމަދު އަބްދުއްﷲ ވިދާޅުވީ އާދީއްތަ ދުވަހު ބޮން ގޮވާފައިވަނީ ވިޔަފާރި ކުރުމުގައި ގިނަ ބަޔަކު އަވަދިނެތި އުޅެނިކޮށް ރެސްޓޯރެންޓެއްގެ ކައިރީ ޕާކް ކޮށްފައި އޮތް ކާރެއްގައި ކަމަށެވެ.

ސެކިއުރިޓީ އޮފިޝަލް މުހައްމަދު ހުސައިން ވިދާޅުވީ މޮގަދިޝޫގެ މަދީނާ ޑިސްޓްރިކްޓްގެ ފިހާރަތައް ކައިރީ މިގޮއްވާލި ބޮމުގެ ބާރު ވަރަށް ގަދަ ކަމަށާއި އެއީ ކާރު ބޮމެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ މި ބޮމުގެ ސަބަބުން ޒަޚަމްވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މި ބޮން ގޮއްވާލުމުގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް