ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 17:09
އައިޖީއެމްއެޗް އިމާރާތް
އައިޖީއެމްއެޗް އިމާރާތް
މުހައްމަދު ޝަރުހާން
ޑޮކްޓަރަށް ދެއްކުން
ޑރ ޝާނަށް ދެއްކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ: އައިޖީއެމްއެޗް
 
އައިޖީއެމްއެޗުގައި ކަށީގެ ބަލީގެ 7 ޑޮކްޓަރުން ތިބޭ
 
މިހާތަނަށް 2000 ވުރެ ގިނަ މީހުން ވެއިޓް ލިސްޓުގަ

ކަށީގެ ޚާއްސަ ޑޮކްޓަރު ޔޫސުފް ޝާނަށް ދެއްކުމަށް ގިނަ ބަޔަކު ނަން ނޯޓް ކުރުމާ ގުޅިގެން ކިއުގައި މިހާރު ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް އަހަރެއްގެ ފަހުންވެސް އެޕޮއިންޓްމެންޓް ލިބިދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ހިމެނޭ ލައިވް ކޯލް ސެގްމެންޓުގައި އައިޖީއެމްއެޗަށް ގުޅުމުން ވަނީ ޑރ ޝާނަށް ދެއްކުމަށް ނަންނޯޓް ކޮށްފައިވާ މީހުންގެ އަދަދު 2000 ވުރެ އިތުރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ކަށީގެ ބަލީގެ ޑޮކްޓަރަކަށް އެންމެ ފަހުން ދެއްކޭނެ ތާރީހެއް ބުނަން ނޭނގޭ ކަމަށްވެސް އައިޖީއެމްއެޗުގެ ކޯލް ސެންޓަރުން ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭ ގޮތުން އައިޖީއެމްއެޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މިގޮތަށް އެޕޮއިންޓްމެންޓް ހެއްދުމަށް ކިއު ލިސްޓުގައި ޖެހުނު ކަމުގައިވީ ނަމަވެސް އިމަރޖެންސީ ހާލަތްތަކުގައި އެ ހޮސްޕިޓަލުގާ އެވަގުތަކު ޑިއުޓީގައި ހުންނަ ޑޮކްޓަރެއް ބަލިމީހާ ބަލަމުންދާނެ ކަމަށެވެ. ވަކި ޑޮކްޓަރަކަށް ނަންނޯޓް ކުރާ މީހުންގެ އަދަދު އިތުރުވުމުގެ މައްސަލަ ހައްލުކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި ވަކި ޑޮކްޓަރަކަށް އޮންނަ ޑިމާންޑެއް ހޮސްޕިޓަލަކަށް ބަދަލެއް ނުކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ވެއިޓް ލިސްޓުގައި މަދުން ނަން ނޯޓް ކޮށްފައިވާ ޑޮކްޓަރުންނަށް އެޕޮއިންޓްމެންޓް ހެއްދުމުންވެސް އެކަަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އައިޖީއެމްއެވުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގައި ކަށީގެ ބަލިތަކަށް ޚާއްސަ 7 ޑޮކްޓަރުން މިވަގުތު ތިބެ އެވެ.

އައިޖީއެމްއެޗުގެ އެޕޮއިންޓްމެންޓް ހެއްދުމުގެ އުސޫލަކަށް ފަހުން ގެނައި ބަދަލާގުޅިގެން އެއްވެސް ލިމިޓެއް ނެތްގޮތަށް ކޮންމެ ވަގުތެއްގައިވެސް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ފޯނު ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށްވެސް އެޕޮއިންޓްމެންޓް ހެއްދޭނެ އެވެ. މި އުސޫލުގެ ތެރެއިން އެތަށް މަހެއް ވަންދެން ޑޮކްޓަރުންނަށް ނުދެއްކި ވެއިޓިންގ ލިސްޓުގައި މަޑުކުރަން ޖެހުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް
23 ފެބްރުއަރީ 2017 | ބުރާސްފަތި 11:22
މަރީ
ޑރ. ޝާން އަށް ދައްކައިގެން ޑައިގްނޯސްކުރާ ބަލިތައް އެހެން ޑޮކްޓަރުންނަށް( މިދެންނެވީ ޝާންއަށްވުރެ ކުރިން) ދެއްކިއަސްއެއްވެސް ކަމެއްނެތޭ ބުނެ ފޮނުވާލަނީ. ދެރަކަމަކީ ރާޢްޖޭގައި ޝާންފަދަ ޑޮކްޓަރުން މަދުކަން.. . އަދި ދަންނަވަންތޯ ޑޮކްޓަރުންގެ ޑިއުޓީ އޮންނަނީ ދުވާލަކަށް 20 .ވަރަކަށް ޕޭޝަންޓުން. ބާކީ ތިބި މީހުން ދާންވީ އަވަށްޓެރި ގައުމަކަށް. އާސަންދައިން ލިބޭ ޚިދުމަތް އޮންނަނީ ކުރިން ނަންނޯޓްކުރާމީހާ އަށް އެކަނި.ތޯ؟ . .
19 ފެބްރުއަރީ 2017 | އާދީއްތަ 13:19
ސިދާ
ދެން އައި.ޖީ.އެމް.އެޗް އުވާލަންވީނު
19 ފެބްރުއަރީ 2017 | އާދީއްތަ 13:04
Noon
Dr ballani kihaavarakah hafthaa aku kithah duvahutho assava ballavaa?