ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 08:22
މީޑިއާ ކައުސިލްގެ ބައްދަލުވުމެއް. މީޑިއާ ރެގިއުލޭޓް ކުރުމުގެ ފުރަސަތު ކައުންސިލަށް އޮވޭ.
މީޑިއާ ކައުސިލްގެ ބައްދަލުވުމެއް. މީޑިއާ ރެގިއުލޭޓް ކުރުމުގެ ފުރަސަތު ކައުންސިލަށް އޮވޭ.
ރައީސް އޮފީސް
ނޫސްވެރިކަން
‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
 
މީޑިއާތައް ހިންގަނީ އޭގެ މަސްއޫލުވެރިފަރާތުން ޢައްޔަންކުރާ އެޑިޓޯރިއަލް ބޯޑަކުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވާތީއެވެ.

މިއީ 2014 ގައި ތައްޔާރުކުރެވިފައިވާ ލިޔުމެކެވެ.

ދުނިޔެއަށް ޑިމޮކްރަސީއޭ މިކިޔާ ޚިޔާލު ފައުޅުވީއްސުރެ މީޑިއާއަކީ މިފިކުރުގެ 4 ވަނަ ބާރުކަމުގައި ބުނަމުން ގެންދެއެވެ. އަދި މީޑިއާއަކީ ވަރަށް ބާރުގަދަ އެއްޗެއްކަމުގައިވެސް ބުނެއުޅެއެވެ. އެހެނީ މުޖުތަމަޢުގައި ހިނގާ ނުހިނގާ ކަންކަން އެއްމެ ފަސޭހައިން ޢާއްމުންނަށް އަންގައިދިނުމަށް ބޭނުންކުރެވޭ ވަޞީލަތަކީ މީޑިއާގެ އެކިއެކި މީޑީއަމްތަކެވެ. މިގޮތުން ޕްރިންޓް ނުވަތަ އޮންލައިން ނޫސްތަކާއި، ރޭޑިޔޯ ޗެނަލްތަކާއި، ޓީވީ ޗެނަލްތަކުގެ އިތުރުން އަލަށް ތަޢާރަފްވެފައިވާ ސޯޝަލް މީޑިއާ (މީސް މީޑިއާ) ވެސް ފާހަގަ ކޮށްލެވެއެވެ. މުޖުތަމަޢުގައި އުޅޭ ބާރުގަދަ، ނުފޫޒުގަދަ މީހުން މިވަޞީލަތްތަކުގެ ބޭނުންހިފުމަށް އެވަޞީލަތްތައް ކޮންޓްރޯލު ކުރެއެވެ. އެއީ އެ ބައިމީހުންގެ އައިޑިއަލޮޖީ މީހުންނަށް ފޯރުވުމަށްޓަކައެވެ. "މީޑިއާއަކީ މުޖްތަމަޢުގެ ތެރެއަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް މީޑިއޭޓަރީ ރޯލެއްކުޅެދޭ ވަޞީލަތަކަށް ވުމާއެކު މުޖްތަމަޢަށް މިފޯރުކޮށްދެވޭ މަޢުލޫމާތްތަކަކީ މީޑިއާ ކޮންޓްރޯލުކުރާ ފަރާތްތައް ބޭނުންވާ މަޢުލޫމާތުތަކަށް ހެދުމަށް އެމީހުން މަސައްކަތް ކުރެއެވެ" (ކްރޯޝިއޯ 2002)

މުޖްތަމަޢުގެ ޤަބޫލުކުރުންތަކާއި މުޖްތަމަޢުގެ ބާރު ދިވެހި މީޑިއާއިން ފެންނަކަން ނުވަތަ ނޫންކަން ބަޔާންކޮށްދިނުމަށް ޑިސްކޯސް އެނަލިސިސެއް ހަދައި މި ލިޔުމުގައި ބަލައިލާފައިވާނެއެވެ. މިގޮތުން އޮންލައިން ފަސް ނޫހަކުން މަޟްމޫނު ނަގައި ބަލާލައިފައިވާނެއެވެ. މިކަމަށްޓަކައި ނަގާފައި ވާނީ 2012 ގައި އޭރު ރާއްޖޭގައި އޮތް ސަރުކާރު ބަދަލުކުރުމުގައި ދީނީ އަދި ސިޔާސީ މީހުން ކުރަމުން ގެންދިޔަ މުޒާހަރާތަކާއި، އެބައިމީހުން ދައްކަމުން ގެންދިޔަ ވާހަކަތަކުގެ ތެރެއިން މީޑިއާއިން ރިޕޯޓުކޮށް ޢާއްމުންގެ ތާއިދާއި، ބައިވެރިވުން ހޯދުމަށް ދައްކަމުން ގެންދިޔަ ވާހަކަތަކުން މުޖްތަމަޢުގެ ނުފޫޒާއި، ބާރުވެރިކަން ހޯދާފައިވާ މިންވަރާ ގުޅޭ ގޮތުންނެއެވެ.

މާސް މީޑިއާއަކީ އެއްފަހަރާ ގިނަބަޔަކަށް މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދޭ އެއްމެ ބާރުގަދަ، ނުފޫޒުގަދަ ވަޞީލަތެވެ. "މީޑިއާއަކީ މުޖްތަމަޢުގެ ތެރެއަށް މަޢުލޫމާތު ފެތުރުމަށް މެދުވެރިއެއް (މީޑިއޭޓަރ)ގެ ރޯލް ކުޅެދޭ ވަޞީލަތެއްކަމުގައި ވުމާއެކު މުޖްތަމަޢަށް ފޯރުކޮށްދޭ މި މަޢުލޫމާތަކީ މީޑިއާ ކޮންޓްރޯލްކުރާ ފާރަތްތަކުން ބޭނުންވާ މަޢުލޫމާތުތަކަކަށް ހެދުމަށް އެ ފަރާތްތަކުން މަސައްކަތް ކުރެއެވެ" (ކްރޯޝިއޯ، 2002). ވިދާޅުވެފައިވެއެވެ. ރާއްޖޭގައި މީޑިއާތައް ހިންގަނީ ފައިސާވެރި އަދި ސިޔާސީ މީހުންނެވެ. މިބައި މީހުންގެ ނުފުޒު މިއަދު ރާޖޭގެ މީޑިއާއަށް ވަރަށްބޮޑަށް އޮވެއެވެ. އެހެނީ މީޑިއާތައް ހިންގަނީ އޭގެ މަސްއޫލުވެރިފަރާތުން ޢައްޔަންކުރާ އެޑިޓޯރިއަލް ބޯޑަކުން އެކުލަވާލާ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވާތީއެވެ. ސިޔާސަތު އެކުލަވާލުމުގައި މަސްއޫލުވެރިންގެ ޙިއްސާ ނުހަނު ބޮޑުވެއެވެ. އެޑިޓޯރިޔަލް ބޯޑަކީ މަސްއޫލުވެރި ފަރާތުގެ މުސާރަވެރިން ކަމުގައިވާތީއެވެ. އަދި ޚަބަރާއި، މަޢުލޫމާތު ގެނެސްދެނީ އެބޯޑުން ކަނޑައަޅާފައި އޮންނަ އުޞޫލަކާ އެއްގޮތަށެވެ. ބާރަކަރ އާއި ކްރިސް (2003) ހާމަކުރައްވާ ގޮތުގައި "ކޮންމެ ޚަބަރެއް ނުވަތަ ވާހަކައެއް ޢާއްމުންނާ ހިސާބަށް ގެނެސް ދެނީ އެޚަބަރެއްގެ ނުވަތަ އެ ވާހަކައެއްގެ ޙަޤީޤަތަށްވުރެ ބޮޑަށް އެ މީޑިއާ އެއް ކޮންޓްރޯލްކުރާ ކޮންމެވެސް "ބާރުވެރި" ފަރާތަކުން ބޭނުންވާ ގޮތަށް. ނުވަތަ އެމީހުން މުޖްތަމަޢަށް ފޯރުކޮށްދޭން ބޭނުންވާ "އައިޑިއަލޮޖީ" އެއް. އެހެންކަމުން މީޑިއާ ވެގެން ދަނީ ބާރުވެރި ފަރާތްތަކަށް ވަރަށް މުހިއްމު ވަޞީލަތަކަށް." ކަމަށެވެ.

ބާރުވެރިފަރާތް ކަމުގައި މާނަކުރެވެނީ ފައިސާ ވެރިންނާއި، ސިޔަސީ ވެރިންނާއި، މީޑިއާތަކުގެ ވެރިންނާއި، އެ މުއައްސަސާއެއްގެ އެޑިޓޯރިއަލް ބޯޑާއި، ސަރުކާރެވެ. މިބައިމީހުންގެ ނުފޫޒަކީ އެ މުއައްސަސާ އެއް ކޮންޓްރޯލް ކުރުމަށްޓަކައި ފޯރުވާ ނުފޫޒާއި ބާރެވެ. ކޮންޓްރޯލް ކުރުމަކީ އެމީޑިއަމެއް އެކޮންޓްރޯލްކުރާ ބަޔަކު ބޭނުންވާހެން ޚަބަރުތައް، މަޢުލޫމާތުތައް ފެތުރުމަށް، ގެނެސް ދިނުމަށް ނުފޫޒާއި، ބާރުވެރި ފަރާތްތަކުން ކުރާ މަސައްކަތްތަކެއް. (ކްރޯޝިއޯ، 2002).

ނުނިމޭ

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
13%
50%
0%
13%
25%
0%
ކޮމެންޓް