ކ. މާލެ
|
15 އޮކްޓޯބަރ 2018 | ހޯމަ 17:40
ރާއްޖޭގެ ރަށެއްގައި ގެދޮރު އަޅާފައި: ރާއްޖޭގައި ގެދޮރު އެޅުމުގައި ވެސް އިރުވަރު ބަލައި އުޅުނު
ރާއްޖޭގެ ރަށެއްގައި ގެދޮރު އަޅާފައި: ރާއްޖޭގައި ގެދޮރު އެޅުމުގައި ވެސް އިރުވަރު ބަލައި އުޅުނު
ރާއްޖެ އެމްވީ
އާދަ ކާދަ އިރުވަރުބެލުން
ރާއްޖޭގައި ވަގުތާއި އިރުވަރު ބެލުން.
 
ދިވެހިން އިރުވަރާއި، ވަގުތު ބަލައި އުޅުނީ މައިގަނޑު 3 ކަމެއްގައެވެ.
 
ވަގުތާއި، އިރުވަރު ބެލުމަކީ ދީނުގައި ހުއްދަކަމެއް ނޫނެވެ. ކިރިތި ރަސޫލާ ނަހީ ކުރައްވާފައިވާ ކަމެކެވެ.

ދިވެހިން ކުރިން ޤަބޫލުކޮށްގެން ތިބީ ބުޑިޒަމާއި، ހިންދުއިޒަމް ކަމާ މެދު ޝައްކު ނުއުފެދޭ ވަރަށް ތާރީޚީ ހެކިތައްވަނީ ލިބިފައެވެ. މިހެންވުމުން އެ ދެ ދީނުގެ އަހުލުވެރިންނަކީ ކުރީ ޒަމާނުގައި ވެސް އަދި މިހާރު ވެސް އިރުވަރާއި ވަގުތު ބަލައި ކަންކަން ކުރަމުންގެންދާ ބަޔެކެވެ. ހެއްކަކީ މިހާރުވެސް އިންޑިއާއި، ސްރީލަންކާގައި އިރުވަރާއި، ވަގުތު ބަލައިގެން ދިރިއުޅުމާއި ގުޅޭ ކަންކަން ކުރަމުންގެންދާކަމެވެ. އަދި މީގެ 14 ޤަރުނުގެ ކުރިން އިސްލާމްދީން ފާޅުވި ދުވަސްވަރު ވެސް ޢަރަބީންގެ ތެރޭގައި އިރުވަރުބެލުމަކީ ކުރަމުން ގެންގޮސްފައިވާ ކަމެއްކަން ޙަދީޘުން ސާބިތުވެއެވެ. ތާރީޚީ ލިޔެކިޔުންތަކުން އެނގެއެވެ.

މިހެންވުމުން ދިވެހިން ވެސް ރާއްޖެ އިސްލާމްވުމުގެ ކުރިން އުޅެފައި ވަނީ ބުދުދީނާއި ހިންދޫ ދީނުގައި ކަމުގައި ވުމުން އެ އާދަތައް ދިވެހިންގެ ތެރޭގައި ހަރުލާފައި ވެއެވެ. މިކަންކަން މިއަދާ ހަމައަށް ވެސް މުޅިން ފިލައި ނުގޮސް ވެއެވެ. މިގޮތުން މިހާރުގެ ޒުވާނުންގެ ތެރޭގައި "ރާހި" ބެލުމަކީ ވެސް ކުރަމުން ގެންދާ ކަމެކެވެ. މިއީ އެވޭލާ ޒަމާނުގައި ވެސް ކުރަމުން ގެންގޮސްފައިވާ ކަމެއްކަން ތާރީޚީ އެކިއެކި ލިޔުންތަކުން ހާމަވެއެވެ.

މިގޮތުން އިރިވަރާއި، ވަގުތު ބަލައި އުޅުނީ މައިގަނޑު 3 ކަމެއްގައެވެ. އެއީ ހ. ދިރިއުޅުމުގެ ބައެއް ކަންކަން، ށ. ޢާއިލާ ބިނާކުރުމުގައި، ނ. އިޤްތިޞާދީ އަދި މާލީ ކަންކަމުގައި އެވެ.

 

ދިވެހިންގެ އާދަކާދައިގެ ތެރެއިން ވަގުތު ބެލުން.

 

ވަގުތާއި އިރުވަރު ބެލުމަކީ ކޮބާ؟

  • އިރުވަރު ބެލުމަކީ:

              (ހ) ކަމެއްކުރާނެ ހެޔޮވަގުތު ބެލުމެވެ. ނުވަތަ ހޯދުމެވެ.

              (ށ) މީހަކު ވަކިކަމަކަށް ކަނޑައަޅާފައިވާ ވަގުތުހޯދުމެވެ.

  • ވަގުތުބެލުމަކީ:

ކަމެއްކުރާނެ "ގަޑިއެއް، މުއްދަތެއް، ޒަމާނެއް، ދުވަސްވަރެއް، ތަންވަޅެއް، ދަނޑިވަޅެއް، މޫސުން" ބެލުން ނުވަތަ ހޯދުމެވެ.

ވަގުތާއި އިރުވަރުބެލުމަކީ ތިމާ ކަމެއް ކުރުމަށްޓަކައި، އެކަމެއް ކުރަންފަށާނެ، ކުރާނެ ރަނގަޅު ވަގުތެއް ބަލައި، އެވަގުތެއްގައި އެކަމެއް ކުރުމެވެ. މީގެ ބޭނުމަކީ އެކަމުގައި ބަރަކާތް ހޯދުމާއި، ފައިދާ އާއި، މަންފާ ހޯދުމެވެ. ދިވެހި ރާއްޖޭގެ ތާރީޚާ ބެހޭ ގޮތުން ލިއުއްވާފައިވާ މަޝްހޫރު މުއައްރިޚް ފުރާންސްގެ ޕިރާޑާ ހަވާލާދެއްވާ އިސްމާޢީލް ދީދީ (1995) ލިޔުއްވާފައިވާ ގޮތުގައި ދިވެހިންނަކީ ދިރިއުޅުމުގެ ގިނަކަންކަމުގައި ވަގުތާއި އިރުވަރު ބަލައި، އިރުވަރު ބަލާ މީހާ ބުނާ ވަގުތުތަކަށް ނުވަތަ އިރުވަރަކަށް އެކަމެއް ކުރުމަށް ކަނޑައެޅެއެވެ.

މިއީ އިސްލާމް ދީނާ ޚިލާފުކަމެކެވެ. އެހެނީ އިންސާނުންނަށް ހެޔޮގޮތާއި، ނުބައި ގޮތް ކުރިމަތިވަނީ ވަކި ތަރިއެއް، ވަކިދުވަހެއް މެދުވެރިވެގެނެއް ނޫނެވެ. ދިވެހިންގެ މެދުގައި އެވާލާ ޒަމާނުއްސުރެ ކުރެވެމުން އައި، މިއަދާ ހަމައަށް ވެސް ފުހެވިގެން ގޮސްފައި ނުދިޔަ ނަމަވެސް މިހާރު އިރުވަރުބަލެމާއި ފަންޑިތަ ހާހޫރައިގެ ކަންތައްވަނީ މަދުވެފައެވެ.

ވަގުތާއި އިރުވަރު ބަލާ އުޅުނުކަންކަން:

ހ. ދިރިއުޅުމުގެ ކަންކަން.

ގެދޮރު އެޅުމުގެ މަސައްކަތް.

ގެދޮރު ބިނާކުރުމުގައި ކަންވެރިޔާ ނުވަތަ އިރުވަރު ބަލާމީހާ ބުނާވަގުތެއްގައި ބިންގާ އަޅާނެ ނުވަތަ މުޑި ޖަހާއުޅެއެވެ.

  1. ވަޅުބެހެއްޓުން:

ވަޅު ބެހެއްޓުމަށްޓަކައި ބަލަނީ ހެޔޮ ސާޢަތެއްގައި، އިރުވަރެއްގައި ވަޅު ނު ބެހެއްޓިއްޖެނަމަ އެވަޅުގެ ފެން މީރުވުން ނުވަތަ ނުވުން، ވަޅުގެ ފެން ހުސްވުން ނުވަތަ ތިލަވުމުގައި ވެސް އެބައި މީހުންގެ އިޢުތިޤާދު ވަގުތާއި އިރުވަރާ ގުޅިފައިވާ ކަމުގައި އަޙްމަދު ޝަފީޤު (2010) ވިދާޅުވެފައިވެއެވެ. އަދި ހަފްތާގެ ބުރާސްފަތި ދުވަހުގެ މުސްތަރީ ސާޢަތުގެ (ހެނދުނުގެ) ވަގުތަކަށް ފުރަތަމަ ސާޢަތް ބަލާކަމުގައި ވަޅުބެހެއްޓުމުގެ މަސައްކަތް ކުރައްވާ ބޭކަލެއްކަމުގައިވާ ދ. ހުޅުދެލީ މުޙައްމަދު އަޙްމަދު (2013) ލިޔުންތެރިޔާގެ ގާތުގައި ބުނުއްވިއެވެ.

ނުނިމޭ

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް