ކ. މާލެ
|
6 އޮކްޓޯބަރ 2018 | ހޮނިހިރު 23:53
ޝޮޕިންގ މޯލެއް: ކުންފުނި ހިންގުމުގައި ތައުމީން ކުރުން ހުއްދަކަމުގައި ފަތުވާ ނެރުއްވާފައި ވެއެވެ.
ޝޮޕިންގ މޯލެއް: ކުންފުނި ހިންގުމުގައި ތައުމީން ކުރުން ހުއްދަކަމުގައި ފަތުވާ ނެރުއްވާފައި ވެއެވެ.
ޓްވިޓަރ
ޙަލާލު އިންޝުއަރެންސް
ޙަލާލު ގޮތުގައި ތައުމީނު (އިންޝުއަރެންސް) ކުންފުނިތައް ހިންގުން
 
تأمين ގެ ޚިދުމަތް ލިބިގަންނަ ކޮންމެ މުސްލިމަކަށް ވެސް ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ލިބިގަންނާނޭ ގޮތް އެނގުން ވަރަށް މުހިއްމެވެ.
 
ފިޤުހު ޢިލްމުވެރިން އެއްބަސްވެ ލައްވާ ގޮތުގައި تأمِيْن ނުވަތަ މިޒަމާނުގެ އިންޝްރެންސް ނުވަތަ ކޮންވެންޝަނަލް އަކީ، އިސްލާމީ ޝަރީޢާއާ ފުށުއަރާ އެއްޗެކެވެ.

(4 އޮކްޓޯބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

އިސްލާމީ ނަޡަރަކުން ތައުމީން.

އިސްލާމް ދީނުގެ ފިޤުހު ޢިލްމުވެރިން އެއްބަސްވެ ލައްވާ ގޮތުގައި تأمِيْن ނުވަތަ މިޒަމާނުގެ އިންޝްރެންސް ނުވަތަ ކޮންވެންޝަނަލް އަކީ، އިސްލާމީ ޝަރީޢާއާ ފުށުއަރާ އެއްޗެކެވެ. ފިޤުހު ޢިލްމުވެރިންގެ އެހީގައި ވޭތުވެދިޔަ 35 ވަރަކަށް އަހަރުގެ ތެރޭގައި މުސްލިމުންގެ މެދުގައި އިސްލާމިކް އިންޝުއަރެންސް ނުވަތަ "تكافل" (ތަކާފުލު) މަޤުބޫލުވެ އަދި އިންޝުއަރެންސާ ބެހޭ ތަފްޞީލީ ޤަވާޢިދުތައް ވެސް ތަރައްޤީ ކުރެވިފައިވެއެވެ. އަދި އަޅުގަނޑުމެން ދެކެމުން މިދަނީ އިސްލާމީ ނޫން ޤައުމުތަކުގައި ވެސް މި ނިޡާމު ހަލުވިކަމާއެކު ފެތުރެމުންދާ މަންޒަރެވެ. އަދި ހަމަ އެފަދަ ކުންފުނިތަކުން އެބައި މީހުންގެ ލަނޑުދަނޑިތައް ޙާޞިލްކޮށް، އެ ދާއިރާގައި ހަލުވި ކަމާއެކު ވާދަކުރަމުންދާ މަންޡަރެވެ.

تأمين ގެ ޚިދުމަތް ލިބިގަންނަ ކޮންމެ މުސްލިމަކަށް ވެސް ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ލިބިގަންނާނޭ ގޮތް އެނގުން ވަރަށް މުހިއްމެވެ. އަދި އިންޝުއަރެން ކުންފުނިތައް ހިންގާ އެންމެހައި ބައިވެރިންނާއި މުވައްޒަފުންނާއި، މީގެ އިތުރުން މި ދާއިރާއަށް އަލަށް ވަންނަ ކޮންމެ މީހަކާއި، ކުންފުނިތަކުން ވެސް ޝަރީޢާ ހުއްދަކުރާ އަދި ނުކުރާ ކަންތައްތައް ދެނަގަތުން ވަރަށް މުހިއްމެވެ. ވިޔަފާރީގެ ތެރެއަށް އަލަށް ވަންނަ ނަމަ މި މައިދާނުގައި ޚިދުމަތް ހޯދާ މީސް މީހުންނަށް އަމާޒުކޮށް އެބައި މީހުންގެ ބޭނުންތައް ފުއްދޭވަރަށް ޚިދުމަތް ތަޢާރަފް ކުރަން ޖެހެއެވެ. އެހެނީ ދުނިޔޭގެ ބޮޑެތި ބޭންކްތަކުގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް އަދި އިސްލާމިކް އިންޝުއަރެންސްގެ ޚިދުމަތް އުފައްދައި ފުޅާކުރަމުން ދާކަމީ މީގެ ހެއްކެއްގެ ގޮތުގައި ފުދޭ ކަމެކެވެ.

ތައުމީނަކީ އިސްލާމް ދީނުގައި ހުއްދަކުރާ އެއްޗެއް؟

 

ތައުމީނުގެ ނިޡާމަކީ، މި ފަހުގެ ޒަމާނުގައި ތަޢާރުފު ވެފައިވާ ނިޡާމެއް ކަމުން ކުރީގެ ފިޤްހު ޢިލްމުވެރިންގެ ތެރެއިން ޙަނަފީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ، އިބްނު ޢާބިދީން ފިޔަވައި، އެހެން އެއްވެސް ޢިލްމުވެރިޔަކު، މި ނިޡާމާ ބެހޭގޮތުން ވާހަކަދައްކަވާފައި ނުވެއެވެ. އިބްނު ޢާބިދީން ވިދާޅުވެފައި ވަނީ، ތައުމީނުގެ ޢަޤްދަކީ، ހުއްދަ ނޫން ޢަޤްދެއް ކަމުގައެވެ. ދީނީ ޢިލްމުވެރިންގެ މެދުގައި ޒަމާނީ އިންޝުއަރެންސް ހުއްދަކުރުމާއި މެދު ގިނަ އޮޅުން ބޮޅުންތަކެއް އަދި ޚިލާފުތަކެއް ދުވަހުން ދުވަހަށް ދިމާވަމުން ދެއެވެ. މިހެން މިކަންތައް ދިމާވަނީ ޒަމާނީ އިންޝުއަރެންސް ހިންގޭ ގޮތާއި އިސްލާމީ އުޞޫލުތަކާއި ޚިލާފުވާތީއެވެ. އެހެން ނަމަވެސް ބައިނަލްއަޤަވާމީ އިސްލާމީ ފިޤްހު އެކަޑަމީ އިން އިސްލާމީ އުޞޫލާ އެއްގޮތަށް ތައުމީން ކުރުން ހުއްދަކަމުގައި ފަތުވާ ނެރުއްވާފައި ވެއެވެ. އަދި އިސްލާމީ ވެބްސައިޓެއް ކަމުގައިވާ އިސްލާމީކް ވެބް. ނެޓް ގައި ވާ ގޮތުން تأمين ގައި ދެ ވައްތަރެއް ވެއެވެ. އެއީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ހިންގާ تأمين އާއި ދުނިޔޭގައި ވިޔަފާރީގެ އުޞޫލުން ޣައިރު މުސްލިމުން ހިންގާ ތައުމީނެވެ. މި ދެ ވައްތަރުގެ ތައުމީނުގެ ތެރެއިން އިސްލާމީ ހަމަތަކާ އެއްގޮތަށް ހިންގާ ތައުމީނަށް ކިޔަނީ "تكافل" (ތަކާފުލު) އެވެ. މި ވައްތަރުގެ އިންޝުއަރެންސް އިސްލާމް ދީނުގައި ހުއްދަ ވާނެ ކަމުގައެވެ.

މިކަމުގެ ދަލީލަކަށް އެ ވެބްސައިޓުގައި ބަޔާން ކޮށްފައިވާ ދަލީލަކީ އަލްމާއިދާ ސޫރަތުގެ ދެވަނަ އާޔަތެވެ. އެ އާޔަތުގެ މާނާގައި ވަނީ "އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައި މީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! " އަދި ވެސް ކީރިތި ޤުރްއާނުގެ ސޫރަތުލްބަޤަރާގެ 256 ވަނަ އާޔަތުގައި الله سبحانه وتعالى ބަޔާން ކުރައްވާފައިވަނީ "دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، شيطان އާއަށް كافر ވެ اللَّه އަށް إيمان ވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކަށް ނުވެއެވެ. اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ނުނިމޭ

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް