ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 15:53
ސީރިއާ ސަރުކާރުން ހަނގުރާމަވެރި ޖަމާއަތް ހުއްޓުވުމުގެ ނަމުގައި އާންމުން ގަތުލުކުރާ ކަމަށް އުރުދުޣާން ވިދާޅުވޭ
ސީރިއާ ސަރުކާރުން ހަނގުރާމަވެރި ޖަމާއަތް ހުއްޓުވުމުގެ ނަމުގައި އާންމުން ގަތުލުކުރާ ކަމަށް އުރުދުޣާން ވިދާޅުވޭ
ގޫގުލް
ސީރިއާގެ ހަމަނުޖެހުން
ސީރިއަށް ސުލްހަ ގެންނަން ތުރުކީން މަޝްވަރާ ކުރާނީ އެ ގައުމުގެ ރައްޔިތުންނާ، ސަރުކާރަކާ ނޫން: އުރްދުޣާން
 
ސީރިއާއަށް ހައްލެއް ގެންނަން އެހެން ގައުމްތަކާއެކު މަޝްވަރާ ކުރާނަން: ތުރުކީ
 
ސީރިއާ ދަނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވަމުން

ސީރިއާގެ ދާޚިލީ ހަނގުރާމައަށް ހައްލެ ހޯދައިދޭން ތުރުކީން މަޝްވަރާ ކުރާނީ އެގައުމުގެ ރައްޔިތުންނާ ކަމަށް ރައީސް ތޮއްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެގައުމުގެ ގާނޫނު ހަދާ މަޖްލީހުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވީ ރަޝިއާއިން އެއްބާރުލުން ދޭ ސީރިއާގެ ސަރުކާރާއެކު މަޝްވަރާ ކުރަން ބޭނުން ނުވާ ކަމަށެވެ.  ސީރިއާ ސަރުކާރުން ދަނީ ހަނގުރާމަވެރި ޖަމާއަތް ހުއްޓުވުމުގެ ނަމުގައި އާންމުންނާއި ކުޑަކުދިން އަދި އަންހެނުން މަރަމުން ކަމަށް އުރުދުޣާން ތުހުމަތު ކުރައްވައެވެ.

އުރުދުޣާން ވިދާޅުވީ ތުރުކީން ހުރީ ރަޝިއާއާއި ގުޅިގެން ނަމަވެސް ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި ކޮންމެ ޖަމާއަތަކާ ހަނގުރާމަކުރަން ތައްޔާރު ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ހަނގުރާމައިގެ މައިދާނުން ފެންނަ ކޮންމެ ބަޔަކާ ދެކޮޅަށް ހަމަލާ ނުދޭނެ ކަމަށެވެ.

ސީރިއާއިން އެ ގައުމުގެ އިދިކޮޅު ހަނގުރާމަ ވެރިންނާ ކުރާ ހަނގުރާމާގައި ރަޝިއާއަކީ ސީރިއާގެ ސަރުކާރަށް އެންމެ ވާގިވެރިވާ ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ގައުމަކީ އީރާނެވެ.

ސީރިއާއަށް ހައްލެއް ގެންނަން މަޝްވަރާ ކުރަން ވަރަށް އަވަހަށް ރަޝިއާއި ޖާމަނީއާއި ފްރާންސާއެކީގައި ސަމިޓެއް ބާއްވާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް