ކ. މާލެ
|
3 އޮކްޓޯބަރ 2018 | ބުދަ 07:11
އިރާގުގެ ރައީސްކަމަށް އައްޔަން ކުރެވުނު ބްރަހަމް ސާލިހް
އިރާގުގެ ރައީސްކަމަށް އައްޔަން ކުރެވުނު ބްރަހަމް ސާލިހް
މުހައްމަދު ޝަރުހާން
އިރާގުގެ އިންތިޚާބު
އިރާގުގެ ރައީސްކަމަށް ބްރަހަމް ސާލިޙް އިންތިޚާބުކޮށްފި
 
ބްރަހަމް ސާލިހްއަށް 219 ވޯޓް ލިބިވަޑައިގެންނެވި

އިރާގުގެ ރައީސްކަމަށް ކުރުދީންގެ ދުވަސްވީ ސިޔާސީ ލީޑަރެއްކަމަށްވާ ބްރަހަމް ސާލިހް އެ ގަައުމުގެ ގާނޫނު ހަދާ މަޖިލީހުން އަންގާރަ ދުވަހު އިންތިޚާބު ކޮށްފި އެވެ.

މީގެ އިތުރުން އެ ގައުމުގެ ދައުލަތުގެ ޓީވީއިންވެސްވަނީ އެކަން އިއުލާނުކޮށްފައެވެ.

"މިއަދަކީ އިރާގަށް ފާހަގަކޮށްލެވޭ ދުވަހެއް. ޑިމޮކްރަސީ ކާމިޔާބުކޮށްފި،" ސާލިހް ނިސްބަތްވެ ވަޑައިގަންނަވާ ޕެޓްރިއޯޓިކް ޔޫނިއަން އޮފް ކުރުދިސްތާން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެމްބަރު، ރިބްވާރް ތާހާ ވިދާޅުވިއެވެ. 

އިރާގުގެ ދައުލަތުގެ ޓީވީއިން ބުނެފައިވާ ގޮތުގައި ބްރަހަމް ސާލިހްއަށް 219 ވޯޓް ލިބިވަޑައިގެންނެވިއެވެ.

"އިރާގުގެ ސަލާމަތާއި އެކުވެރިކަން ރައްކާތެރިކުރުމަށް އަޅުގަނޑު ވައުދުވަން" ހުވާ ކުރައްވަމުން ސާލިޙް ވިދާޅުވިއެވެ.

އިރާޤްގެ ސަގާފަތަށް ބަލާއިރު ރައީސްގެ މަގާމު އާއްމުކޮށް އޮންނަނީ ކުރުދީއެއްގެ އަތުގައެވެ. އިރާގްގެ ރައީސްގެ މަގާމަކީ ވަރަށްބޮޑަށް ރަމްޒީ މަގާމެކެވެ.

ނަމަވެސް މި ވޯޓްވެގެން ގޮސްފައިވަނީ މެއި މަހު ބޭއްވި އިންތިޚާބަށްފަހު އައު ސަރުކާރު އެކުލަވާލުމުގައި ކުރިޔަށް އެޅިގެންދިއަ ފިޔަވަޅަކަށެވެ.

އިރާގުގެ ގާނޫނުއަސާސީ ބުނާގޮތުން ސަރުކާރު އެކުލަވާލުމަށްޓަކައި ގާނޫނުހަދާ މަޖިލީހުގެ ތެރެއިން އެންމެ ގިނަ ގޮޑިލިބިފައިވާ ކޯލިޝަނަކުން ބޭފުޅަކު ހޮވުމަށް ސާލިހަށް 15 ދުވަސް ލިބިގެންދާނެއެވެ.

ބޮޑުވަޒީރުގެ މަގާމަށް ވަޑަައިގަންނަވާ ބޭފުޅަކަށް ވަޒީރުންގެ މަޖިލިސް އެކުލަވާލައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް 30 ދުވަސް ލިބިވަޑައިގަންނަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް