ކ. މާލެ
|
1 އޮކްޓޯބަރ 2018 | ހޯމަ 07:36
އިރުމަތީ ޔޫކްރެއިންގައި މައިނެއް ގޮވައިގެން އެ ސަރަހައްދުގެ ސިފައިން ހަރަކާތްތެރި ވަނީ
އިރުމަތީ ޔޫކްރެއިންގައި މައިނެއް ގޮވައިގެން އެ ސަރަހައްދުގެ ސިފައިން ހަރަކާތްތެރި ވަނީ
އޭޕީ
މައިނެއް ގޮވުން
މައިނެއް ގޮވާ ތިން ކުއްޖަކު މަރުވެއްޖެ
 
އިދާރާތަކުން ވަނީ އެ ތިން ކުދިން މަރުވިކަން ކަށަވަރު ކޮށްދީފައި

އިރުމަތީ ޔޫކްރެއިންގައި މައިނެއް ގޮވައި، އެއް ސްކޫލެއްގެ  ކުޑަ ތިން ކުއްޖަކު މަރުވެއްޖެއެވެ.

އެ ތިން ކުދިން މަރުވީ ސަރުކާރާއި ސަރުކާރުން ވަކިވެގެން އަމިއްލައަށް އުފެއްދި ދައުލަތް ހަނގުރާމަ ކުރި ބިމުގެ ތެރޭގައި ވަޅުލާފައިވާ މައިނެއްގެ މައްޗަށް އެރިގެންނެވެ. އަމިއްލަ ދައުލަތެއް އުފެއްދީ އިރުމަތީ ޔުކްރެއިނުންނެވެ.

އިރުމަތީ ޔުކްރެއިންގެ އިދާރާތަކުން ވަނީ އެ ތިން ކުދިން މަރުވިކަން ކަށަވަރު ކޮށްދީފައެވެ. އެ ކުދިންގެ ސުކޫލް ހުންނަ ހޯރްލިވްކާގެ މޭޔަރު އީވާން ޕްރިޚޮދްކަ ވެސް ވަނީ އުމުރުން 13 އާއި 15 އަހަރުގެ ދެމެދު ތިން ކުދިން މަރުވިކަން ސޯޝަލް މީޑިއާގައި ހާމަކުރައްވާފައެވެ.

ޕްރިޚޮދްކަ ވިދާޅުވީ މައިން ގޮވުމުގައި އެ ތިން ކުދިންގެ އިތުރުން އެހެން ކުއްޖަކަށް ވެސް އަނިޔާވި ކަމަށެވެ. ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށާއި މިވަގުތު އޭނާ ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށެވެ.

އިރުމަތީ ޔޫކްރެއިން އާއި އެ ގައުމުގެ އިންތިޚާބީ ސަރުކާރުގެ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުއެވެ. އިރުމަތީ ޔޫކްރެއިންގެ އެންމެ ގާތް ރަހްމަތްތެރިއަކަށް ވީ ރަޝިއާއެވެ. އަނެއްކޮޅުގެ އެހީތެރިއަކީ ޔޫރަޕިއަން ޔޫނިއަންއެވެ. މިވަގުތު ދެ ފަރާތުގެ ދެމެދުގައި ވެސް ހަނގުރާމަ ވަނީ މެދުކަޑާލައިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް