ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 09:39
13 އޭޕްރީލް 2018ގައި ޣައްޒާގެ ޚާން ޔޫނިސްގައި ޣައްޒާގެ ރައްޔިތުން މުޒާހަރާކުރަނީ
13 އޭޕްރީލް 2018ގައި ޣައްޒާގެ ޚާން ޔޫނިސްގައި ޣައްޒާގެ ރައްޔިތުން މުޒާހަރާކުރަނީ
ފްރާންސް 24
ގްރޭޓް މާޗް އޮފް ރިޓަރން
ގްރޭޓް މާޗް އޮފް ރިޓަރން: އިސްރާއީލު ސިފައިން ފަލަސްތީނުގެ ހަ މީހުން މަރާލައި 500 އަށް ވުރެ މީހުން ޒޚަމްކޮށްލައިފި
 
ގްރޭޓް މާޗް އޮފް ރިޓަރން ފެށި ފަހުން މަދުވެގެން 180 މީހުން ވަނީ މަރާލާފައި
 
ގްރޭޓް މާޗް އޮފް ރިޓަރން ފެށީ މާޗް 30 ގައި

އިސްރާއީލުން ހިސާރުކޮށްފައިވާ ޣައްޒާ އާއި އިސްރާއީލުގެ ސަރަހައްދީ ރޮންގު ގުޅޭ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުން މާޗް މަހުން ފެށިގެން ކުރަމުންދާ މުޒާހަރާގައި މިދިޔަ ހުކުރު ދުވަހު އިސްރާއީލް ސިފައިން ފަލަސްތީނުގެ ހަ މީހުން މަރާލައި 506 މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

އުމުރުން 14 އަހަރުގެ ނާއިފް އަލް ޙޫމް މަރާލާފައި ވަނީ އިސްރާއީލްގެ ސްނައިޕަރަކު އޭނާގެ މެޔަށް ބަޑި ޖަހައިގެންނެވެ. އުމުރުން 18 އަހަރު އިޔާދް ޚަލީލް އަލް ޝައޭރް މަރާލާފައި ވަނީ މުޒާހަރާ ކުރަމުން ދަނިކޮށް ކަމަށް ތަރުޖަމާނު އަޝްރަފް އަލް ޤިދްރާ ވިދާޅުވިއެވެ.

އުމުރުން 12 އަހަރުގެ ނައްސަރު މުސަބީ ވެސް ވަނީ ޣައްޒާގެ އިރުން އޮންނަ ޚާން ޔޫނިސް އިން އޭނާގެ ބޮލަށް ބަޑިޖެހުމުން ލިބު ޒަޚަމްތަކަށް ފަރުވާދެމުންދަނިކޮށް މަރުވެފައެވެ.

މީގެ އިތުރުން އުމުރުން 18 އަހަރުގެ މުހައްމަދު އަލީ އަންޝާސީ ވެސް މަރާލާފައި ވަނީ ޚާން ޔޫނިސްގައި ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އިސްރާއިލުން ދިން ބަޑީގެ ހަމަލާތަކުގައި އިތުރު ދެ މީހަކު މަރާލާފައިވާއިރު އެ މީހުންގެ ވަނަވަރު އަދި ދެނެގަނެވިފައެއް ނުވެއެވެ.

މީގެ 70 އަހަރު ކުރިން ފަލަސްތީނުން ނެރެލެވުނު އެ ގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމުގެ ހައްގު ދިނުމަށް ގޮވާލައި އިސްރާއީލާއި ފަލަސްތީނުގެ ޣައްޒާ ގުޅޭ ސަރަހައްދީ އިމުގައި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާތާ ފަސް މަސްދުވަސް ވަނީ ވެފައެވެ.

މާޗް މަހުގެ 30 ވަަނަ ދުވަހު ފެށި ދެމިގެންދާ މުޒާހަރާތައް ގުޅިފައި ވަނީ މެއި މަހުގެ 15 ވަނަ ދުވަހު ފަލަސްތީނުން ފާހަގަކުރާ ނަކްބާ ދުވަހާއެެވެ. އެއީ 1948 ވަނަ އަހަރު އިސްރާއީލް އުފެއްދުމަށްޓަކައި ފަލަސްތީނުގެ ބިމުން އެ ގައުމުގެ 750،000 ރައްޔިތުން ނެރެލެވުނު ދުވަހެވެ.

ކޮންމެ ހުކުރު ދުވަހަކީ މުޒާހަރާތައް ވަރުގަދަ ދުވަހަކަށްވާއިރު މި މުޒާހަރާތައް ފެށުނު ފަހުން އިސްރާއީލް ސިފައިން ވަނީ މިހާތަނަށް ފަލަސްތީނުގެ މަދުވެގެން 180 މީހުން މަރާލައި 18،000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
29 ސެޕްޓެންބަރ 2018 | ހޮނިހިރު 06:04
Ma
Kobaa EU aai India aai UN. Insaanee haggu thakeh noontho e gehllunee