ކ. މާލެ
|
29 ސެޕްޓެންބަރ 2018 | ހޮނިހިރު 09:31
ބްރެޓް ކެވަނޯ އަދި ކްރިސްޓީން ބްލޭސީ ފޯޑްސް ވެސް ވަނީ ސެނޭޓްގައި ހެކިބަސް ދެއްވާފައި
ބްރެޓް ކެވަނޯ އަދި ކްރިސްޓީން ބްލޭސީ ފޯޑްސް ވެސް ވަނީ ސެނޭޓްގައި ހެކިބަސް ދެއްވާފައި
ސީއެންބީސީ
އެމެރިކާގެ ސުޕްރީމް ކޯޓު
ކެވަނައުގެ ކޭސް ފައިލް އަލުން ހުޅުވަން ޓްރަމްޕް އަމުރު ކުރައްވައިފި
 
ތަހްގީގު ކުރާނީ ހަމައެކަނި ޖިންސީ ގޯނާގެ ތުހުމަތުތައް
 
ތަހްގީގު ހަފްތާއެއްގެ ތެރޭގައި ނިންމަންވާނެ

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތު އަލުން ތަހްގީގު ކުރަން އެމަނިކުފާނު އަންގަވައިފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުގައި ވަނީ އެ ތަހްގީގު ހަފްތާއެއްގެ ތެރޭގައި ނިންމުމަށެވެ. އެފްބީއައިގެ މައްޗަށް އެ އަމުރު ނެރުއްވާފައި ވަނީ ހުކުރުދުވަހުއެވެ. ތަހްގީގު ކުރުމުގެ އަމުރު ޓްރަމްޕް ނެރުއްވީ އެމެރިކާގެ ގާނޫނު ހަދާ މަޖްލީހުގެ މަތީގޭގެ އެދުމުގެ މަތިންނެވެ. އެހެން ކަމުން އެ ތަހްގީގު ނިމެންދެން ބްރެޓް ކެވަނޯ ހޮވުމަށް ނަގާ ވޯޓު ވަނީ ފަސް ކުރެވިފައެވެ.

ޓްރަމްޕްގެ އަމުރުގައި ވަނީ އިތުރު ތަހްގީގްތައް ނުކޮށް ހަމައެކަނި ޖިންސީ މައްސަލަ ތަހްގީގު ކުރުމަށެވެ.

ތިން އަންހެނަކަށް ކެވަނޯ ޖިންސީ ގޯނާ ކުރިކަމުގެ އަޑުތައް އެރީ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް އައްޔަން ކުރަން ޓްރަމްޕް ބޭނުންވާކަން އިއުލާން ކުރި ހިސާބުންނެވެ.

ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރި އަންހެން މީހާ ހުކުރު ދުވަހު ވަނީ ސެނޭޓްގައި ހެކިބަސްދީ އަދި ކެވަނައު އޭނާގެ ދިފާއުގައި ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް