ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 10:56
އޭއެންޖީ 73 ގެ މި ފްލައިޓުން 35 ފަސިންޖަރުންނާއި 12 ކްރޫ ދަތުރުކުރި
އޭއެންޖީ 73 ގެ މި ފްލައިޓުން 35 ފަސިންޖަރުންނާއި 12 ކްރޫ ދަތުރުކުރި
ބީބީސީ
އެއަރ ނިއުގިނީ ބޯޓް
އެއަރ ނިއުގިނީގެ ފްލައިޓެއް މައިކްރޮނީޝިއާގެ ފަޅަކަށް ވެއްޓިއްޖެ
 
ބޯޓް ވެއްޓިފައިވަނީ ފަޅުގެ ތިލަ ހިސާބަކަށް
 
އެއްވެސް މީހަކަށް ސީރިއަސް ހާނީއްކައެއް ނުވޭ

 

މައިކްރޮނީޝިއާގެ ޗިއުކް އިންޓަރނޭޝަނަލް އެއަރޕޯޓުން ނައްޓާލި އެއަރ ނިއުގިނިީގެ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއްބޯޓެއް ރަންވޭގައި ބާރަށް ޖެހި ފަޅަކަށް ވެއްޓިއްޖެ ކަމަށް އެއަރޕޯޓްގެ އޮފިޝަލުން ބުނެފިއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޕަޕުއާ ނިއުގިނީގެ މި ބޯޓް ގޮނޑު ދޮށާ ކުޑަ ތަންކޮޅެއް ދުރުން ފަޅުތެރޭގައި ފެނުން މައްޗަށް ފެންނަން އޮވެއެވެ.

އޭއެންޖީ 73 ގެ މި ފްލައިޓުން ދަތުރުކުރި 35 ފަސިންޖަރުންނާއި 12 ކްރޫ މެމްބަރުންގެ ތެރެއިން އެކަކަށްވެސް ސީރިއަސް ހާނީއްކައެއް ވެފައެއް ނުވެއެވެ.

ބޯޓް ވެއްޓެން ދިމާވި ސަބަބެއް އަދި ހޯދިފައިނުވާއިރު ތަހުގީގު އަވަހަށް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

"ބޯޓް ވެއްޓުނީ ފަޅުތެރެއަށް، ގާތްގަނޑަކަށް ރަންވޭއާއި 160 ޔާޑް ދުރުން"ޗިއުކް އެއަރޕޯޓްގެ މެނޭޖަރ ޖިމީ އެމިލިއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު އަދި ވީގޮތެއް ނޭނގޭ ކަމަށާއި ހުކުރު ދުވަހު ތަހުގީގު ފަށާނެ ކަމަށެވެ.

ބޯއިންގް 800-737 ގެ ބޯޓުން ދަތުރުކުރި އެންމެ ވަނީ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި އެއްވެސް މީހަކަށް ސީރިއަސް ހާނީއްކައެއް ވެފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ވީނޯ އައިލެންޑުގައި މަޑުކުރުމަށްފަހު ބޯޓް ދަތުރުކުރަމުން ދިޔައީ ޕަޕުއާ ނިއުގިނީގެ ވެރިރަށުގައި އޮންނަ ޕޯޓް މޮރެސްބީއަށެވެެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
100%
0%
0%
0%
ކޮމެންޓް