ކ. މާލެ
|
28 ސެޕްޓެންބަރ 2018 | ހުކުރު 11:34
ބްރެޓް ކެވަނޯ އަދި ކްރިސްޓީން ބްލޭސީ ފޯޑްސް ވެސް ވަނީ ސެނޭޓްގައި ހެކިބަސް ދެއްވާފައި
ބްރެޓް ކެވަނޯ އަދި ކްރިސްޓީން ބްލޭސީ ފޯޑްސް ވެސް ވަނީ ސެނޭޓްގައި ހެކިބަސް ދެއްވާފައި
ގެޓީ އިމޭޖަސް
އެމެރިކާގެ ސުޕްރީމް ކޯޓު
ކެވަނައު އަށް ފަނޑިޔާރުކަން ދިނުމަށް ވޯޓަށް އެހުމަށް ރިޕަބްލިކަނުން ބާރުއަޅަނީ
 
މައްސަލައަކީ 36 އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނެވޭ ކަމެއް

އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރި އަންހެން މީހާ ސެނޭޓްގައި ހެކިބަސްދީ އަދި ބްރެޓް ކެވަނައު އޭނާގެ ދިފާއުގައި ދެއްކެވި ވާހަކަތަކަށް ފަހު ވޯޓަށް އެހުމަށް ރިޕަބްލިކަނުން ބާރުއަޅަން ފަށައިފިއެވެ.

ކެވަނައުވެސް ގެންދަވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވައި ދޫ ނުދެއްވާނެކަމަށް ވިދާޅުވަމުންނެވެ.

ކްރިސްޓީން ބްލޭސީ ފޯޑްސް ވަނީ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ބްރެޓް ކެވަނޯ އޭނާ ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުކޮށްފައެވެ.

އޭނާ ވަނީ މީގެ 36 އަހަރު ކުރިން ހިނގާފައިވާ އެ ހާދިސާގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދިޔަ ކަމަށް ބުނެފައެވެ.

ކެލިފޯނިއާގައި ސައިކޮލޮޖީ ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޕްރޮފެސަރ ކްރިސްޓީން ބްލޭސީ ތުހުމަތުކުރަނީ 1982 ވަނަ އަހަރު ވޮޝިންގޓަންގައި ކެވަނައު އާއި އޭނާ އާއި ދެ މީހުންގެ ފުރާވަރުގެ އުމުރުގައި އުޅުނުއިރު ކެވަނައު މަސްތުގެ ހާލުގައި ހުރެ އޭނާގެ ހެދުން ބާލުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބްލޭސީ ބުނެފައި ވަނީ އެނދުމައްޗަށް އޭނާ ވައްޓާލުމަށް ފަހު ހަޅޭއްލަވަން އުޅުމުން ކެވަނައު އޭނާގެ އަނގަމަތީގައި އަތްއަޅާފައިވާ ކަމަށެވެ.

އުމުރުފުޅުން 53 އަހަރުފުޅުގެ ކެވަނައު ވަނީ އެ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެވަނައުއަކީ ތެދުވެރިއެއް ކަމަށާއި ވޯޓަށް އެހުން ކުރިޔަށް ގެންދެވުމަށް މެމްބަރުންނަށް ގޮވާލައްވާފައެވެ.

ޑިމޮކްރޭޓުން ގެންދަވަނީ ކެވަނައުގެ އާއިލާއަށް ލިބިފައި އޮންނަ ރަނގަޅު ނަން ސިޔާސީ ބޭނުމަށްޓަކައި ފުނޑުފުނޑުކޮށްލަން ކަމަށް ކެވަނައު ތުހުމަތުކުރައްވާއިރު ރައީސް ޓްރަމް ވަނީ ޑިމެކޮރޭޓުން އުޅެނީ "ކޮނެ ފަސާދަ ކުރަން" ކަމަށް ތުހުމަތުކުރައްވާފައެވެ.

ބްރެޓް ކެވަނޯއަކީ ގިނަ މައްސަލަތަކެއްގައި ކޮންޒަވޭޓިވް ވިސްނުމަށް ބުރަވެ ވަޑައިގެންފައިވާތީ ދެބަސްވެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރު ކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.

ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައުއަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެމެރިކާގެ ސިޔާސީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރައްވާ ބައެކެވެ. އުމުރު ދުވަހަށް މަގާމަށް އައްޔަން ކުރެވޭ ނުވަ ބޭފުޅުން ތިއްބަވަ ސުޕްރީމް ކޯޓަކީ ގާނޫނީ ކަންކަމުގައި އެގައުމުގައި އެންމެ ފަހު ބަސް ބުނާ ފަރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް