ކ. މާލެ
|
26 ސެޕްޓެންބަރ 2018 | ބުދަ 10:59
މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު
މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު
ޓްވިޓަރ
މެލޭޝިއާގެ ބޮޑުވަޒީރު
މެލޭޝިއާގެ މަހާތިރު ފަނަރަ އަހަރަށް ފަހު އދ. އަށް
 
މަހާތިރަކީ އދ. ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވާ މެލޭޝިއާގެ ހަތް ވަނަަ ބޮޑުވަޒީރު
 
މަހާތިރު ނިއު ޔޯކަށް ވަޑައިގެންފައި ވަނީ އަންގާރަ ދުވަހު

މެލޭޝިއާގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ހުކުރު ދުވަހު އދ. އަށް ވަޑައިގެން ކުރައްވާ ތަގްރީރަކީ އެތަނުގައި 15 އަހަރަށް ފަހު ދެއްވާ ފުރަތަމަ ތަގްރީރެވެ.

އުމުރުން 93 އަހަރުގެ މަހާތިރު އދ. ގެ ހެޑްކުއާޓާސް ހުންނަ އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންފައި ވަނީ އަންގާރަ ދުވަހުއެވެ. ހުކުރު ދުވަހަކީ އދ. ގެ ޖެނެރަލް އެސެމްބްލީގެ 73 ވަނަ ބައްދަލުވުން ބާއްވާ ތާރީޚެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގައި މަހާތިރު އެންމެ ފަހުން ތަގްރީރު ކުރައްވާފައި ވަނީ ސެޕްޓެމްބަރު 25، 2003 ގައެވެ. މަހާތިރު އިސްތިއުފާ ދެއްވީ އޭގެ އެއް މަސް ފަހުން އޮކްޓޯބަރު 31 ގައެވެ. މަހާތިރު މި ފަހަރު ވެގެންދާނީ އދ. ޖެނެރަލް އެސެމްބްލީގައި ވާހކަ ދައްކަވާ މެލޭޝިއާގެ ހަތް ވަނަ ބޮޑު ވަޒީރަށެވެ.

އދ. ގައި މަހާތިރު ދެއްވި އެންމެ ފަހު ތަގްރީރުގައި ވަނީ އެ ޖަމާއަތް ހިންގުމުގެ މަގު ގެއްލިފައިވާ ކަމަށް ބުނެ އެ ޖަމާއަތް އިސްލާހްކުރުމަށް ގޮވާލައްވައިފައެވެ.

މެލޭޝިއާގެ ޚާރިޖީ ވަޒީރު ސައިފުއްދީން އަބްދުﷲ ވިދާޅުވީ މަހާތިރު ހުކުރު ދުވަހު ދެއްވާ ތަގްރީރުގައި ގައުމުގެ ޚާރިޖީ ސިޔާސަތު ވިދާޅުވެ ދެއްވާނެ ކަމަށެވެ. ކުރިމަގުގައި ވެސް މެލޭޝިއާއަކީ އެހެން ގައުމުތަކާ ގުޅުން ރަނގަޅު ގައުމެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި މައްސަލަތަކަށް އަލި އަޅުއްވާލައްވާނެ ކަމަށް ވެސް ސައިފުއްދީން ވިދާޅުވިއެވެ.

މަހާތިރު ވަނީ އދ. އަށް ކުރައްވާ ދަތުރުފުޅުގައި އެހެން ގައުމްތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައެވެ. މަހާތިރަކީ މެލޭޝިއާގެ އެންމެ ދުވަސްވީ ބޮޑުވަޒީރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް