ކ. މާލެ
|
21 ސެޕްޓެންބަރ 2018 | ހުކުރު 09:27
ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓަސްކް
ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓަސްކް
މުހައްމަދު ޝަރުހާން
ބްރެކްސިޓް
ބްރެކްސިޓް: މޭގެ ވިޔަފާރީގެ ޕްލޭން މަސައްކަތް ނުކުރާނެ ކަމަށް ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ވިދާޅުވެެއްޖެ
 
އިނގިރޭސި ވިލާތް އީޔޫއިން ވަކިވާނީ 29 މާޗް 2019ގައި

 

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށް ފަހު އީޔޫއާ އެކު އިގްތިސާދީ ގުޅުން ބޭއްވުމަށް  ބޮޑުވަޒީރު ތެރީސާ މޭ ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މަސައްކަތްކުރާނެ ޕްލޭނެއް ނޫން ކަމަށް ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ޑޮނަލްޑް ޓަސްކް ވިދާޅުވެއްޖެއެވެ.

އީޔޫއިން ވަކިވުމާ ބެހޭ ގޮތުން އިނގިރޭސި ވިލާތް ފިޔަވައި ދެން ތިބި ގައުމުގެ ވެރިން ސެލްްޒްބަރގްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓަސްކް ވިދާޅުވީ މޭގެ ޕްލޭންގެ ސަބަބުން ޔޫރަޕްގެ ސިންގަލް މާކެޓް ގެއްލުމުގެ ބިރު ބޮޑުވާ ކަމަށެވެ.

ބޮޑުވަޒީރު މޭ ވިދާޅުވެފައި ވަނީ ނޮދަރން އަޔަރލެންޑްގެ ތެރެއިން މައްސަލަ ދިމާ ނުވާނެ ހަމައެކަނި ގޮތަކީ އެކަމަނާ ހުށަހެޅުއްވި ހުށަހެޅުއްވުން ކަމަށެވެ.

އެ ކަމަނާ ވިދާޅުވީ ޓަސްކްއާ އެކު ވަރަށް ސީދަލަށް ވާހަކަ ދެކެވިފައިވާނެ ކަމަށެވެ.

"ރަނގަޅުު، ކަންބޮޑުވުން ފާޅުކުރައްވާފައިވޭ އަދި އަޅުުގަނޑު ބޭނުން އެ ކަންބޮޑުވުންތަކަކީ ކޮބައިކަން އެނގެން" މޭ ވިދާޅުވިއެވެ.

މޭ ވިދާޅުވީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން އަދި އެބަ އޮތް ކަމަށެވެ. އަދި އެއްވެސް އެއްބަސްވުމަކަށް ނުދެވިއްޖެ ހާލަތަކަށް ވެސް އެ ގައުމުން ދިޔައީ ތައްޔާރުވަމުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތް އީޔޫ އިން ވަކިވާނީ 29 މާޗް 2019 ގައެވެ. އީޔޫ އިން ވަކިވުމަށް ފަހު އެ ޖަމާއަތާ އިނގިރޭސި ވިލާތާ ދެމެދު އޮންނާނެ ގުޅުންތަކާ ބެހޭ ގޮތުން އެއްބަސްވުންތަކަކަށް ދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

އީޔޫ އިން ވަކިވުމަށް ފަހު ނޮދަރން އަޔަރލެނޑްގެ ސަރަހައްދީ ރޮނގުތަކުން ޗެކްކުރާ ޗެކްކުރުންތަކުން ސަލާމަތްވުމަށް ހެދޭ އެއްބަސްވުން ފަދަ އެތައް ދާއިރާއަކުން އަދި ވަނީ އެއްބަސްވުމަކަށް ނާދެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް