ކ. މާލެ
|
20 ސެޕްޓެންބަރ 2018 | ބުރާސްފަތި 12:23
ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެބޭފުޅުން ވަނީ މި ހަފްތާގައި ބައްދަލުކުރައްވާފައި
ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެބޭފުޅުން ވަނީ މި ހަފްތާގައި ބައްދަލުކުރައްވާފައި
ބީބީސީ
އުތުރު ކޮރެއާ - އެމެރިކާ
އުތުރު ކޮރެއާއާއި މަޝްވަރާކުރަން އެމެރިކާ ތައްޔާރު
 
މަޝްވަރާ ކުރަނީ އުތުރު ކޮރެއާ އަކީ 2021 ވަނަ އަަރުގެ ނިޔަަލަށް ނިއުކްލިއަރ ހަތިޔާރު ނެތް ގައުމަކަށް ހެދުމަށް

 

އުތުރު ކޮރެއާއަކީ 2021 ވަނަ އަަރުގެ ނިޔަަލަށް ނިއުކްލިއަރ ހަތިޔާރު ނެތް ގައުމަކަށް ހެދުމަށް އެ ގައުމާއެކު އަނެއްކާ ވެސް މަޝްވަރާތައް ފެށުމަށް ތައްޔާރަށް ހުންނެވިކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

ދެ ފަރާތުގެ މެދުގައި ވާހަކަތައް ހުއްޓިފައި އޮތީ މި އަހަރުގެ ކުރީކޮޅު އެއްބަސްވުމެއް އެކުލަވާލެވުމަށްފަހުއެވެ.

ނަމަވެސް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިންއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ ދެބޭފުޅުން މި ހަފްތާގައި ބޭއްވެވި ބައްދަލުވުމަށްފަހު އުތުރު ކޮރެއާއިން ވަނީ މިސައިލް ޓެސްޓްތައް ކުރިޔަށްގެންދާ މައި ސައިޓްތައް ބަންދުކުރުމަށް އެއްބަސްވެފައެވެ.

މޫން ގެ ދަތުރު ފުޅުގައި އެ މަނިކުފާނު ވަނީ އުތުރު ކޮރެއާގެ އެތައް ހާސް ބައެއްގެ ކުރިމަތީ ގައި ހުންނަވައި ތަގުރީރު ކުރައްވާފައެވެ. މިއީ އާއްމުކޮށް ފެންނަ ފަދަ މަންޒަރެއް ނޫނެވެ.

ކޮރެއަން ޕެނިންސިއުލާއަކީ ނިއުކްލިއަރ ހަތިޔާރު ނެތް ތަނަކަށް ހެދުމަށް މަގުފަހިކުރުމަށް ކިމް އެއްބަސްވެ ވަޑައިގެންނެވީ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

ޕޮމްޕެއޯ ވިދާޅުވީ އެ މުހިއްމު ބައްދަލުވުމުގެ އަސާސަށް ބަލައި އުތުރު ކޮރެއާއާއެކު ވަގުތުން މަޝްވަރާކުުރުމަށް ތައްޔާރުވެއްޖެކަމަށެވެ.

އެ މަނިކުފާނު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔޮންގ ހޯއާއި އަންނަ ހަފްތާގައި ނިއުޔޯކްގައި ބައްދަލުކުރެއްވުމަށް ދައުވަތުދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން އުތުރު ކޮރެއާގެ މަންދޫބުންނާއި އުތުރު ކޮރެއާގެ މަންދޫބުން އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބައްދަލުވުން ބާއްވާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ސިންގަޕޫރުގައި މި އަހަރު ބޭއްވި ބައްދަލުވުމަށްފަހު ދެ ޤައުމުން ނިިއުކްލިއަރ ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވި ނަމަވެސް މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލެއްނެތެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް