ކ. މާލެ
|
19 ސެޕްޓެންބަރ 2018 | ބުދަ 16:40
ނަވާޒާއި ދަރިކަނބަލުން
ނަވާޒާއި ދަރިކަނބަލުން
ދި ނިއުސް
ނަވާޒް ޝަރީފްގެ ކަރަޕްޝަން
ނަވާޒް ޝަރީފާއި ދަރިކަލުން ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
 
ދޫކޮށްލަން އަމުރުކޮށްފައިވަނީ އެގައުމުގެ އިސްލާމް އާބަދުގެ ހައިކޯޓުން
 
ނަވާޒުގެ އަނބިކަނބަލުން ކުލްސޫމް ނަވާޒުގެ އަވަހާރަވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު

ކޮރަޕްޝަނުގެ މައްސަލައެއް ސާބިތުވެ ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އެމަނިކުފާނުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ޖަލުން ދޫކޮށްލަން ޕާކިސްތާނުގެ ކޯޓަކުން އަމުރު ކޮށްފިއެވެ. 

ޕާކިސްތާނުގެ ޓީވީއެއްކަމަށްވާ ޖިއޯ ޓީވީއާއި އެހެނިހެން ބްރޮޑްކާސްޓަރުންނާއި ހަވާލާދީ އެންޑީޓީވީން ބުނެފައިވަނީ ނަވާޒް ޝަރީފާއި އެމަނިކުފާނުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ޖަލުން ދޫކޮށްލަން އަމުރުކޮށްފައިވަނީ އެގައުމުގެ އިސްލާމްއާބަދުގެ ހައިކޯޓުން ކަމަށެވެ. 

އިސްލާމްއާބާދުގެ ހައިކޯޓުން ނަވާޒާއި ދަރިކަނބަލުން ދޫކޮށްލަން އަމުރުކޮށްފައިވާއިރު ނަވާޒުގެ އަނބިކަނބަލުން ކުލްސޫމް ނަވާޒުގެ އަވަހާރަވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ކުލްސޫމްގެ ޖަނާޒާއަށް ފިރިކަލުން ނަވާޒު ޝަރީފާއި ދަރިކަނބަލުން ވަނީ  ޕެރޯލްގެ ދަށުން ޖަލުން ނެރެ ޖަނާޒާގައި ބައިވެރިކުރައްވާފައެވެ. 

ނަވާޒް ޝަރީފްއާ ކުލްސޫމް ކައިވެނި ބައްލަވައިގެންފައިވަނީ 1971 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ވަނީ ހަތަރު ބޭފުޅުން ލިބިވަޑައިގެންފަ އެވެ. އެއީ ހަސަން، ހުސައިން، މަރިޔަމް އަދި އަސްމާ އެވެ.

އުމުރުފުޅުން 68 އަހަރުގެ ނަވާޒް ޝަރީފާއި 44 އަހަރުގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް، ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުން ހަތަރު ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާ ނުބައްދަލު ކަމަށް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
100%
ކޮމެންޓް