ކ. މާލެ
|
18 ސެޕްޓެންބަރ 2018 | އަންގާރަ 00:35
ފިހާރައެއްގައި ވިޔާފާރީގެ މުޢާމަލާތެއް ހިނގަނީ؛ މުޢާމަލާތްތަކަކީ ޙަލާލު މުޢާމަލާތްތަކެއް ކަމަށް ވާންޖެހޭ.
ފިހާރައެއްގައި ވިޔާފާރީގެ މުޢާމަލާތެއް ހިނގަނީ؛ މުޢާމަލާތްތަކަކީ ޙަލާލު މުޢާމަލާތްތަކެއް ކަމަށް ވާންޖެހޭ.
ޕޮލިސް
ތައުމީން
ޙަލާލު ގޮތުގައި ތައުމީނު ކުންފުނިތައް ހިންގުން
 
‏ސަމާލު ކަން ދޭންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ޙަލާލު ހަމަތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށެވެ.‏

(15 ސެޕްޓެމްބަރ 2081 ވަނަ ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭ(

ތައުމީނުގެ ޝަރުޢީ މާނައަށް ބަލާއިރު މި ޢަޤުދަކީ އިންޝުއަރެންސުގެ ޚިދުމަތްދޭ ފަރާތާއި، ޚިދުމަތް ލިބިގަންނަ ފަރާތާއި ދެމެދު ކުރެވޭ އެއްބަސްވުމެއް ގައި ހިމެނިފައި އޮންނަ ގޮތަށް ކުރިމަތިވާ ޙާދޘާއަކުން ދިމާވާ ގެއްލުމަކަށް، ނުވަތަ އެހެން ކަމަކަށްވި ނަމަވެސް ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ ޢަޤުދުގައިވާ މިންވަރުގެ ފައިސާ ނުވަތަ އެނޫން ވެސް މާލީ ބަދަލެއް ދިނުމަށް އެއްބަސްވެ ކުރެވޭ ޢަޤުދެކެވެ. އަދި ކުރިމަތިވި ނުރައްކާ، ކުރިމަތިވުމުން ދޭން އެއްބަސްވާ ބަދަލަކީ އިންޝުއަރެންސް ހޯދާ ފަރާތުން އިންޝުއަރެންސްގެ ޚިދުމަތްދޭ ފަރާތަށް އެއް ފަހަރާ ނުވަތަ ވަކިވަކިން ދައްކާ ފައިސާގެ ބަދަލެއްގެ ގޮތުގައި ދެވޭ އެއްޗެކެވެ.

ވިޔަފާރިއަކީ އިސްލާމް ދީނުގައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހެނީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށެވެ. الله سبحانه وتعالى ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّمَ الرِّبَا (البقرة: ٢٧٥)  މާނައީ: "ވިޔަފާރި ކުރުންވަނީ، الله، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ." މި އާޔަތުން އެނގޭ ގޮތުގައި ވިޔާފާރި ކުރުމަކީ ހުއްދަ ޙަލާލު ކަމެކެވެ. ނަމަވެސް އެކަން ކުރާއިރު ރިބާ އެކުލެވިގެން ވާނޭހެން ވިޔަފާރި ކުރުމަކީ ޙަރާމްކަމެއް ކަމުގައި އަންގަވާފައި ވެއެވެ. މިހެންވުމުން ދޭހަވަނީ ޙާލާލު ކަންކަން ކުރާއިރު އެއާ އެކު އެކީގައި ކުރާ ކަންކަމުގައި ޙަރާމް ނުވަތަ ޙަލާލު ނޫން ކަންކަން އެކަމެއްގެ ތެރޭގައި ލާމެހިފައި ހުރިތޯ ނުވަތަ ނޫންތޯ ޔަޤީން ކުރަން ޖެހޭކަމެވެ. އަދި ﷲ ޙަރާމް ކުރައްވާފައިވާ ކަންކަން، ރިބާ ފަދަ ކަންކަމުން ސަލާމަތްވެ ތިބެ ވިޔަފާރި ނުވަތަ އެހެނިހެން ކަންކަމުގައި ވެސް މުޢާމާލާތު ކުރަން ޖެހޭކަމެވެ.

އަޅުގަނޑު މެންނަކީ މުސްލިމުންނެވެ. އެހެން ކަމުން ދިރިއުޅުމުގައި، އަދި ދިރިއުޅުމާއި ގުޅިފައިވާ އެންމެހައި ކަންކަމުގައި ވެސް އެންމެ ބޮޑު ސަމާލު ކަމެއް ދޭންޖެހޭނީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ޙަލާލު ހަމަތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށެވެ. އަޅުގަނޑުމެންގެ ތެރެއަށް "ތައުމީން" ނުވަތަ "އިންޝުއަރެންސް" ތަޢާރަފް ވީއްސުރެ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އެހެނިހެން ދީންތަކުގެ މީހުން ވެސް މިޚިދުމަތް ލިބިގަންނަމުން ދެއެވެ. އެންމެ ފުރަތަމަ ކޮންވެންޝަނަލް އިންޝުއަރެންސް ނުވަތަ ތައުމީން ތަޢާރަފްވެ މި ޚިދްމަތް ފޯރުކޮށްދޭން ފެށިފައި ވާކަމަށް ތާރީޚުން ފެންނަނީ 13 ވަނަ ޤަރުނުގައި އިނގިރޭސިވިލާތުގަ އެވެ. ހުއްދަ ޙަލާލު ތައުމީން، އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް، ދުނިޔެއަށް ތަޢާރަފް ވެފައިވާ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވަނީ 1979 ވަނަ އަހަރުއެވެ. އެއީ އެފްރިކާ ބައްރުގެ އިސްލާމީ ދައުލަތެއް ކަމުގައިވާ ސޫދާނުގައެވެ.

ނުނިމޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް