ކ. މާލެ
|
16 ސެޕްޓެންބަރ 2018 | އާދީއްތަ 08:54
ތޫފާން މަންޚޫތު ފިލިޕީންސްއަށް އަރާފައި
ތޫފާން މަންޚޫތު ފިލިޕީންސްއަށް އަރާފައި
ރޮއިޓަރސް
ތޫފާން މަންޚޫތު
ތޫފާން މަންޚޫތު އަރައި 25 މީހުން މަރުވެއްޖެ
 
ތޫފާން މަންޚޫތު ފިލިޕީންސްއަށް އަރާފައި ވަނީ ހޮނިހިރު ދުވަހު

ފިލިޕީންސަށް މިއަހަރު މިހާތަނަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާން ކަމަށްބުނާ ތޫފާން މަންޚޫތު އަރައި މަދުވެގެން 25 މީހުން މަރުވެފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

ފިލިޕީންސްގެ ރައީސްގެ އެޑްވައިޒަރާއި ހަވާލާދީ ރޮއިޓާސްއިން ބުނީ ގިނައިން މީހުން މަރުވެފައި ވަނީ ފަރުބަދަމަތީގެ ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

މި ތޫފާނުގެ ސަބަބުން އެކި ހިސާބުތަކުގައި ކަރަންޓް ކެނޑިފައިވާއިރު އެކި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މީގެ އިތުރުން ދަނޑުބިންތައް ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ފެންބޮޑުވެފައިވެއެވެ.

 މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ރައްކާތެރި ހިސާބުތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

މި ތޫފާނު ފިލިޕީންސަށް އަރާނެކަމަށް ދުރާލައި ވަނީ އިންޒާރު ދީފައެވެ. ތޫފާން މަންޚޫތު ފިލިޕީންސަށް މި ތޫފާން އަރާފައި ވަނީ ހޮނިހިރު ދުވަހުއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް